ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ!

Sun, 05 May 2024 12:13 PM

View on this article on NewsLab

ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ!

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.



ފުލުހުން މިއަދު ހޯދުމަށް އިއުލާނުކޮށްފައިވަނީ،  ގދ. ތިނަދޫ / ސަކީނާމަންޒިލް އުމުރުން 34 އަހަރުގެ އިބްރާހީމް ނާޝިދެވެ.

ފުލުހުންގެ އިއުލާނުގައި ބުނެފައިވަނީ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް އިބްރާހިމް ނާޝިދު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ވަނީ އަންގައި އިއުލާނުކޮށްފައެވެ.

އެހެންކަމުން 2024 މެއި 12 ވަނަ ދުވަހުގެ 08:30 ށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް،  ހާޒިރުވުމަށް އިބްރާހީމް ނާޝިދަށް ވަނީ އަންގައިފައެވެ.



More from NewsLab