ޓެލެގްރާމް ޗެނެލް މައްސަލަ: ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި

Sat, 27 Apr 2024 02:58 PM

View on this article on NewsLab

ޓެލެގްރާމް ޗެނެލް މައްސަލަ: ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި

ބޮޑެތި ކުށްކުށަށް އަރައިގަތުމަށް ދިވެހި ޓެލެގްރާމް ޗެނަލްތަކުގެ ބޮޑު ނެޓްވޯކެއް ހިންހިކަމަށް ތުހުމަތުކުރާ މައްސަލަގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ.



ފުލުހުން ކުރި ތަހުގީގުތަކުން، އެ ޗެނަލްތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު މިދިޔަ މަހު ހައްޔަރު ކުރިއެވެ. އެއީ ދެމަފިރިންނެވެ.

ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ ސްކޭމް އެލާޓް، ޖަޒީރާ ލިންކް ހަބަރު އަދި ޖަޒީރާ އެސްކޯޓް ގެލެރީގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ހުއްދަ ނޫން އެތައް ވިޔަފާރިއެއް ހިންގަމުން ދިޔަ ޓެލެގްރާމް ގުރޫޕްތަކެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ތަހުގީގުކޮށްފައެވެ.

އޭގެ ތެރެއިން އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވާތީ، އިއްޔެ ފުލުހުން ވަނީ އޭނާ ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ.

މިދިޔަ މަހުގެ 17ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ހަށިވިއްކުމާއި ޑުރަގުގެ މުއާމަލާތްތަކަށް ބޭނުންކުރާ ޗެނަލްތަކެއް ފާހަގަވެފައިވާ ކަމަށާއި އެ ޗެނަލްތަކުން 7،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބި ކަމަށް ބުނެފައެވެ.

ފުލުހުން ބުނީ ޓެލެގްރާމް މެދުވެރިކޮށް ހަށިވިއްކުމަށް ގެންގުޅުނު ޚާއްސަ ޓެކްސީގައި އެ ވިޔަފާރިއަށް މީހުން ތަންތަނަށް ދަތުރު ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ޓެކްސީ ޑްރައިވަރު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.



More from NewsLab