‎އިންޑިއާގެ އުފެއްދުންތަކަކުން ކެންސަރު ޖައްސާ ކެމިކަލްއެއް ފެނިއްޖެ

Fri, 26 Apr 2024 09:38 PM

View on this article on NewsLab

‎އިންޑިއާގެ އުފެއްދުންތަކަކުން ކެންސަރު ޖައްސާ ކެމިކަލްއެއް ފެނިއްޖެ

އިންޑިއާގައި އުފައްދާ 527 އައިޓަމަކުން ކެންސަރު ޖައްސާ ކެމިކަލެއް ފެނިފައިވާ ކަމަށް ޔޫރަޕިއަން ފުޑް ސޭފްޓީ އޮތޯރިޓީން ބުނެފި އެވެ.

މި އައިޓަމްތަކުން ކެންސަރު ޖައްސާ ކެމިކަލެއް ފެނިފައިވަނީ 2020 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށެވެ.

ޑެކަން ހެރަލްޑްގެ ރިޕޯޓެއްގައިވާ ގޮތުން ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ކެންސަރަށް މަގުފަހިކޮށްދޭ ކެމިކަލް ފެނިފައި ވާއިރު، މި ކެމިކަލް ހިމެނެނީ ނަޓްސް،ސެސިމީ ސީޑް އާއި ހާބްސް އަދި ހަވާދުގެ، ޑައިޓެޓިކް ކާބޯތަކެތި އަދި އެހެނިހެން ކާބޯތަކެތީގައިއެވެ.

87 ޝިޕްމެންޓެއް ޔޫރަޕްގެ ބޯޑަރުން އަނބުރާ ފޮނުވާލާފައިވެސް ވެ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ތަކެތި ވަނީ ބާޒާރު ތެރެއިން ބޭރު ކޮށްފައިކަމަށްވެސް ބުނެފައި ވެ އެވެ.

ޔޫރަޕްގެ އޮފިޝަލުން އެ ކެމިކަލް ބޭނުން ކުރުން މަނާ ކުރުމަށް އަމަލީ ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ސިންގަޕޫރާއި ހޮންގްކޮންގް އިން އިންޑިޔާގެ އުފެއްދުންތައް މަނާކޮށްފައިވާއިރު، މިކަން ކުރީ ކެންސަރަށް މަގުފަހި ކޮށްދޭ ކެމިކަލެއް ކަމަށްވާ އެތިލީންއޮކްސައިޑް ހުރުމުގެ ސަބަބުންނެވެ.





More from NewsLab