ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރޭގައި މާރާމާރީ ހިންގި އެމެރިކާ މީހަކު ހައްޔަރުކޮށްފި

Tue, 07 May 2024 09:56 AM

View on this article on Naares

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރޭގައި މާރާމާރީ ހިންގި އެމެރިކާ މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުތެރޭގައި މާރާމާރީ ހިންގި ބިދޭސީ ފިރިހެނަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.



މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މާރާމާރީ ހިންގި ޔޫއެސްއޭ ( އެމެރިކާ) އަށް ނިސްބަތްވާ މީހެކެވެ.

ފުލުސް އޮފީހުން މިއަދު ބުނިގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ މިއަދު ހެނދުނެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު އެއިން ފެންނަ ގޮތުގައި، އިންޓަނޭޝަނަލް ޓާމިނަލްގެ ޗެކިން ކައުންޓަރު ކައިރީގައި ބިދޭސީ މީހާ މާރާމާރީ ހިންގަނީ އެއާޕޯޓުގެ މުވައްޒަފުންތަކަކާ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ބިޔަކޮށް ހުރި އެ ބިދޭސީ މީހާ، އެއާޕޯޓު މުވައްޒަފަކާ ދެބަސްވުމަށް ފަހުގައި އޭނާގެ ބޮލުގައި ވަރަށް ބާރަށް އަތުން ޖަހއެވެ. ޖެހުމާއެކު އޭނާ ވެއްޓުނެވެ. އެތަން ބަލަން ހުރި އެހެން ދިވެހި މުވައްޒަފަކު ބިދޭސީ މީހާ ގައިގާ ޖަހައެވެ. އެކަމަކު އޭނާއާ ވެސް މާރާމާރީ ހިންގާ ވައްޓާލާ
އިތުރު މުވައްޒަފުން އައިސް އެ މީހުން ދުރު ކުރިއެވެ. އަދި ބިދޭސީ މީހާ ވެސް އެތަނުން ދުރަށް ގެންދާތަން ފެނެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ބަލަމުން ދާކަމަށް ބުނެފައިވާއިރު، މާރާމާރީ ހިންގީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ.



More from Naares