ނަޝީދު ވަކި ކުރުމަށް ބޭނުންވާ 50 މެމްބަރުންގެ ސޮއި ހަމަކޮށްފި

Tue, 06 Jun 2023 08:59 PM

View on this article on Naares

ނަޝީދު ވަކި ކުރުމަށް ބޭނުންވާ 50 މެމްބަރުންގެ ސޮއި ހަމަކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ސޮއި ހަމަ ކުރުމަށް މިހާތަނަށް ކުރަމުންދާ މަސައްކަތުގައި 50 މެމްބަރުން ސޮއި ކޮށްފިއެވެ.



ނަޝީދު ވަކިކުރުމަށް ސޮއިކުރެއްވި މެމްބަރުންތެރޭގައި އެމްޑީޕީގެ މެމްބަރުންގެ އިތުރުން އެހެން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު އާއި ކާށިދޫ ދާއިރާގެ މެމްބަރު ޢބުދުﷲ ޖާބިރު ވެސް ހިމެނެއެވެ.

ސިޔާމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ބޭފުޅެކެވެ. މި ލިސްޓުގައި ސޮއިކުރި މެމްބަރުންގެ އަދަދު ހާމަކޮށްފައި ނުވި ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ މިމައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަހެޅުއްވުމަށް ގަސްތު ކުރައްވަނީ މަޖިލީހުގެ ސާފު ޢައުލަބިއްޔަތާއިއެކުގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރައްވަން 44 ވޯޓު ބޭނުންވާނެއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް 19 ވަނަ މަޖިލީހުގައި އެކި ހާލަތްތަކުގައި ޤާނޫނާއި ޚިލާފް އެތައް ކަމެއް ކުރައްވާފައިވާކަމަށެވެ. ނަމަވެސް މިކަންކަމުގައި މަޝްވަރާ ކުރައްވައި ހަމަ މަގަށް ރުޖޫޢަވުމަށް އެތަކެއް ފުރުސަތުތަކެއް ދެއްވިކަމަށެވެ. އަދި މަޖިލީހުގެ ރައީސަކީ އެމްޑީޕީގެވެސް އެތައް ބަޔަކު އިހުތިރާމް ކުރައްވާ ބޭފުޅަކަށްވުމުން އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމާ ހަމައަށް ނުގޮސް މިހާތަނަށްވެސް މަޑު ކުރެއްވީ ޤާނޫނުގެ ތެރެއިން ކަންކަން ކުރެއްވުމަށް ޖާގަ ދެއްވުމަށް ކަމަށެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، އެމްޑީޕީއަށް ކާމިޔާބު ވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އަދި މިމައްސަލާގައި މެމްބަރުން ތިއްބެވީ މަޖިލިސް ހުއްޓުމަށް ގެނެސް މަޖިލީހުގެ ކޮމެޓީތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ތައްޔާރަށް ކަމަށެވެ.



More from Naares