މުޣުނީ މަޖްލިސްތެރޭގައި ރައީސް ނަޝީދުގެ ހަށިކޮޅަށް ހަމަލާދެއްވަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ޢާއްމު ވެއްޖެ

Mon, 05 Jun 2023 08:49 PM

View on this article on Naares

މުޣުނީ މަޖްލިސްތެރޭގައި ރައީސް  ނަޝީދުގެ ހަށިކޮޅަށް ހަމަލާދެއްވަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ޢާއްމު ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ޗީފް ވިޕް ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢަބްދުލް މުޣުނީ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް ހަމަލާދެއްވަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.



ނަޝީދު މަޖިލީހުގެ ރިޔާސަތުން ފާބާވަޑައިގެން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއާ ވާހަކަދެއްކެވުމަށް ވަޑައިގަތުމުން މުޣުނީ އަތްޕުޅު ދިއްކުރައްވަމުން ނަޝީދާ ދިމާލަށް ވަޑައިގެން “ތިޔަހުރީ ހޭބަލިވެފައި”ކަމަށް ވިދާޅުވެއެވެ.

އަސްލަމް އަތްޕުޅުން މުޣުނީ ނަޝީދާ ދުރުކުރައްވައި ކުރިއަށް ޖެހިވަޑައިގަތުމުން އަސްލަމާއެކު ނަޝީދު އެތަނުން ވަޑައިގަންނަވައެވެ. މުޣުނީއަށް ރައްދުދެއްވައި އެއްވެސް ވާހަކަފުޅެއް އެމަނިކުފާނު ނުދައްކަވައެވެ. އަދި މިލަންދޫ ދާއިރާ މެންބަރު އަލީ ރިޒާ މުޣުނީއާ ދިމާލަށް ވަޑައިގަންނަވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

ޓްވީޓާއާއި ފޭސްބުކްގައިވެސް މިވީޑިއޯ ދައުރުވަމުންދާއިރު ރައީސް ނަޝީދުގެ ސަޕޯޓަރުން ގެންދަވަނީ މިކަމާ ބެހޭގޮތުން ތަފާތު ޚިޔާލުތައް ފާޅުކުރައްވަމުންނެވެ.



More from Naares