މުޅި ރާއްޖެ ތަރައްޤީކުރުމަށް އައްޑޫ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދީ ނާރެހަކަށް ވާންޖެހޭ: ރައީސުލްޖުމްހޫރިއްޔާ

Mon, 05 Jun 2023 07:11 AM

View on this article on Naares

މުޅި ރާއްޖެ ތަރައްޤީކުރުމަށް އައްޑޫ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދީ ނާރެހަކަށް ވާންޖެހޭ: ރައީސުލްޖުމްހޫރިއްޔާ

މުޅި ރާއްޖެ ތަރައްޤީކުރުމަށް އައްޑޫ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދީ ނާރެހަކަށް ވާންޖެހޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.



ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު އެ އެއަރޕޯޓްގައެވެ.

މިރަސްމިއްޔާތުގަިއ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރާނީ ޒަމާނީ ހުރިހާ ވަޞީލަތްތަކާއެކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭގޮތަށް ކަމުގައެވެ. އަދި މި މަޝްރޫޢުއަކީ ދިވެހިރާއްޖެއާ އިންޑިއާ ދެމެދުއޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫޢުއެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުުޅުގައި، ރާއްޖޭގެ އިގްތިޞޯދު 10 އަހަރުން ދެގުނަކުރުމަށްޓަކައި ސަރުކާރުން އިންޤިލާބީ މަޝްރޫޢުތަކެއް ފަށާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ގަން އެއަރޕޯޓް ސަރުކާރުން ފަރުމާކޮށްފައި ވަނީ ކުރިމަގުގައި ވިޔަފާރިއާ ފަތުރުވެރިކަން ވެސް ފުޅާވާނެ މިންވަރު ވިސްނައިގެން ބޭނުންވާނެ އެހެން ޚިދުމަތްތަކަށްވެސް ވިސްނުން ބަހައްޓައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“ސަރަޙައްދީ، އިޤްތިޞާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީ ކުރުމަކީ، މުޅި ރާއްޖޭގެ ތަރައްޤީ ބޭނުންނަމަ، ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް. މި ދެންނެވި މަޤްޞަދު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ލިސްޓުގެ ނަންބަރު 1 ގައި ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް. މިއަދު މި ތަނަށް ޖަމާވެ، ރަސްމީގޮތުން އަޅުގަނޑުމެން މި ފަށަނީ އެ މަސައްކަތް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެކްސްޓަރނަލް އެފެއާޒް ވީ. މުރަލީދަރަންއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އައްޑޫގެ ދާއިރާތައް ތަމްސީލްކުރައްވާ މަޖިލިސް މެމްބަރުންނާއި،އައްޑޫ ސިޓީގެ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އައްޑުގެ އާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވިއެވެ. 



More from Naares