ފަރުޟު ޙައްޖެއް ނުވެ ހުރިމީހަކަށް އެހެން މީހެއްގެ މައްޗަށް ބަދަލު ޙައްޖެއް ކުރެވިދާނެތަ؟

Mon, 05 Jun 2023 06:47 AM

View on this article on Naares

ފަރުޟު ޙައްޖެއް ނުވެ ހުރިމީހަކަށް އެހެން މީހެއްގެ މައްޗަށް ބަދަލު ޙައްޖެއް ކުރެވިދާނެތަ؟

ސުވާލު:



ފަރުޟު ޙައްޖެއް ނުވެ ހުރިމީހަކަށް އެހެން މީހެއްގެ މައްޗަށް ބަދަލު ޙައްޖެއް ކުރެވިދާނެތޯއެވެ.؟

ޖަވާބު:

ފަރުޟު ޙައްޖު ނުވެ ހުރި މީހަކަށް އެހެން މީހެއްގެ މައްޗަށް ބަދަލު ޙައްޖެއް ނުކުރެވޭނެއެވެ.

ނަބިއްޔާ (ޞޢވ) ގެ ޒަމާނުގައި އެހެން މީހެއްގެ މައްޗަށް ޙައްޖު ކުރަން އުޅުނު މީހަކަށް ނަބިއްޔާ (ޞޢވ) އަމުރު ކުރައްވާފައިވަނީ ފުރަތަމަ އެމީހާ އަމިއްލަ ޙައްޖު ކުރުމަށެވެ. ދެން އެއަށްފަހުގައި ބަދަލު ޙައްޖު ކުރުމަށެވެ.

މަސްދަރު: ސުނަން އަބީދާވޫދު (1811)



More from Naares