ގަން އެއަރޕޯޓަކީ އައްޑޫގެ ފަހުރަކަށްވުމަށް އައްޑޫގެ ރައްޔިތުން އެދޭ އުއްމީދު ހަޤީގަތަކަށްވާނެ: ރައީސް

Sun, 04 Jun 2023 09:53 PM

View on this article on Naares

ގަން އެއަރޕޯޓަކީ އައްޑޫގެ ފަހުރަކަށްވުމަށް އައްޑޫގެ ރައްޔިތުން އެދޭ އުއްމީދު ހަޤީގަތަކަށްވާނެ: ރައީސް

ގަން އެއާޕޯޓަކީ އައްޑޫގެ ފަތުރުވެރިކަމާއި، އިޤްތިޞާދާއި ގުޅިފައިއޮތް ވަސީލަތް ކަމަށާއި، އެމަޝްރޫޢު ހަގީގަތަށް ހައްދަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.



ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ އައްޑޫގެ ފަހުރަކަށްވުމަށް އައްޑޫގެ ރައްޔިތުން އެދޭ އުއްމީދު ހަޤީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ.

އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭގޮތަށް ތަރައްޤީކުރާ ގަން އިންޓަރނޭޝަނަލް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ފަތުރުވެރިކަމާއި އިޤްތިޞާދީ އެހެން ސިނާއަތްތައް ކުރިއަރައި، ވަޒީފާގެ ފުރުސަތުތައް އިތުރުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އެއަރޕޯޓްގައި ހިނގާ މުދަލުގެ މުއާމަލާތް އިތުރުވާނެތީ، އެއަރޕޯޓް ތަރައްޤީކުރާނީ އެކަމަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއި ކާގޯ ފެސިލިޓީގެ ޙިދުމަތްތަކާއެކުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ، އައްޑޫގެ ފަޚުރަކަށްވުމަށް އައްޑޫ ސިޓީގެ ރައްޔިތުން އެދިވަޑައިގަންނަވާވަރަށް އަޅުގަނޑުވެސް އެދެން. މިއީ ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު، އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭގޮތަށް ތަރައްޤީ ކުރެވޭ ބައިނަލްއަޤްވާމީ އެއަރޕޯޓެއް. މި މަޝްރޫޢަކީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫޢެއް. މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި، އިންޑިއާ ސަރުކާރާއި، އިންޑިއާ އެގްޒިމް ބޭންކުން ދެއްވާ އެހީތެރިކަން އަޅުގަނޑު ފާހަގަކުރަން.

– ރައީސް ވިދާޅުވިއެެވެ.

މަޝްރޫއު ފައްޓަވައިދެއްވުމަށް ފަހު، ރައީސް ސޯލިހު ވިދާޅުވީ، ގަަމަކީ އިންޑިއާ ކަނޑުގެ ދެކުނުގައި ވަނިކޮށް ބަޔަކަށް ފެންނާނެ އިސްތިރާޖީ ގޮތުން އެންމެ މުހިންމު އެއް ތަން ކަމަށެވެ. އިނގިރޭސިން ވެސް ގަން ބޭނުންވީ އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ، އައްޑޫއިން އިނގިރޭސީން ފޭބި ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް ކަމަށެވެ. އެތަނުގައި ހުރި އެންމެ ޒަމާނީ އާލާތްތައް އައްޑޫއިން ބޭލިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އޭރު އޮތް ބިނާގެ މައްޗަށް ތެދުވެރިކަމާއެކު އައްޑޫ ތަރައްގީ ކުރި ނަމަ 66 އަހަރު ފަހުން މިއަދު، އެ ރަސްމިއްޔާތު ބާއްވަން ވެސް ނުޖެހުނީސް ކަމަށެވެ.

މުޅި ރާއްޖެ ތަރައްގީ ކުރަން ބޭނުން ނަމަ ކޮންމެހެން ވެސް ގަން އެއާޕޯޓު ތަރައްގީ ކުރަން ޖެހޭ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސާދު 10 އަހަރުން ދެގުނަ ކުރުމަށް، އައްޑޫގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ތެދުފުޅެއް. އޭރު އެ އޮތް ބިނާގެ މައްޗަށް ތެދުނިޔަތަކާއެކު އައްޑޫ ބިނާކުރިނަމަ، މިއަދު މިކުރާ މަސައްކަތް ކުރާކަށް ނުޖެހޭނެ. އެހެން ނަމަވެސް، ފެންނަން އޮތް ޙަޤީޤަތް ކިތަންމެހާވެސް ހިތި. އައްޑޫ، ހުވަދޫ އަދި ފުވައްމުލަކަކީ، ރާއްޖޭގެ ދެކުނުކޮޅު. އިޚްލާޞްތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނުނަމަ، 65 އަހަރު ފަހުން މި ރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެ.

– ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއު ނިމެންވާއިރަށް، އައްޑުއަށް ޓޫރިސްޓު އެނދުތައް އިތުރުކުރުމަށް ސަރުކާރުން ދަނީ އިތުރު މަޝްރޫއުތަކެއް ވެސް ހިންގަމުންނެވެ. މިހާރު ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ރިސޯޓު ހަދަން މުޅިން އަލަށް އައްޑޫއިން ރަށްތަކެއް ހިއްކަމުންދާއިރު، އައްޑޫ ހަންކެޑޭގައި ވެސް ޓޫރިޒަމަށް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގައި ގެސްޓްހައުސް އަޅައިދިނުމަށް ލޯނު ދޫކުރުމަށް ވެސް ނިންމާފައިވާއިރު، މި ހުރިހާ ކަމެއް ނިމުމުން ގާތްގަނޑަކަށް 7000 އެނދު އުފެއްދޭނެ ކަމަށް ލަފާ ކުރެއެވެ.



More from Naares