ނައީމާގެ މަރުގެ މައްސަލައިގާ މާލެއިން މީހަކު ހައްޔަރުކޮށްފި

Mon, 29 May 2023 08:11 AM

View on this article on Naares

ނައީމާގެ މަރުގެ މައްސަލައިގާ މާލެއިން މީހަކު ހައްޔަރުކޮށްފި

ނ. މަނަދޫ ނައީމާ މޫސާގެ މަރުގެ މަރުގެ މައްސަލައިގާ މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.



އެގޮތުން ރޭ ފުލުހުން ބުނީ ނައީމާ މޫސާ މަރާލި މައްސަލައިގާ މާލެއިން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ނައީމާގެ މަރުގެ މައްސަލައިގާ ހައްޔަރުކުރި މީހުންގެ އަދަދު މިވަނީ ތިނަކަށް އަރާފައެވެ. އެއީ ރޭ މާލެއިން ހައްޔަރު ކުރި މީހާގެ އިތުރުން މަނަދޫން ހައްޔަރުކުރި ދެމީހުންނެވެ.

ގިނަ ޒަހަމްތަކަކާއެކު ނައީމާ މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު، ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގެ ތެރެއިންނެވެ.

ރޭ މާލެއިން ހައްޔަރު ކުރި މީހަކީ އެމައްސަލައިގައި ކުރިން ހައްޔަރުކުރި ދެމީހުން ދުއްވި ކާރުގެ ވެރިމީހާ ކަމަށް މަނަދޫން ވާހަކަދެއްކި މީހަކު ނާރެސް އަށް ކިޔައިދިނެވެ.



More from Naares