ސައޫދީ އެސްޓްރޮނޯޓުން ޖައްވުން މައްކާގެ ހިތްގައިމު މަންޒަރެއް ހިއްސާކޮށްފި

Sun, 28 May 2023 11:34 PM

View on this article on Naares

ސައޫދީ އެސްޓްރޮނޯޓުން ޖައްވުން މައްކާގެ ހިތްގައިމު މަންޒަރެއް ހިއްސާކޮށްފި



އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އިން މައްކާއާ މެދު ހައިރާންކުރުވަނިވި މަންޒަރެއް ސައޫދީ އެސްޓްރޮނޯޓް ރަޔާނާ ބަރްނަވީ ، މިވަގުތު ބިމުގައި ތިބި އޭނާގެ ފޮލޯވަރުންނަށް ހިއްސާކޮށްފި އެވެ.

ހުކުރު ދުވަހު އޭނާ ވަނީ މައްކާގެ މާތްވެގެންވާ ހަރަމް ފުޅު (ބޮޑު މިސްކިތް) އުޖާލާކޮށް އަލިކޮށްލައި ރޭގަނޑުގެ މަންޒަރު ދައްކުވައިދޭ ހިތްގައިމު ވީޑިއޯއެއް ޓްވިޓާގައި ހިއްސާކުރައްވާފައެވެ.

“އަޅުގަނޑު އެ ދުވަހުގެ އެކްސްޕެރިމެންޓްތައް ނިންމާލުމަށްފަހު، މައްކާ މަތިން އަޅުގަނޑުމެން ދިޔައީ،” ޖައްވަށް ފެނުނު މާތް ސިޓީގެ ރީތިކަމާއި މާތްކަން އިތުރުކުރަމުން ބަރްނަވީ އޭނާގެ ޕޯސްޓުގައި ކޮމެންޓްކޮށްފައިވެ އެވެ.

މައްކާއާ ބެހޭ ގޮތުން ބަރްނަވީ ގެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ގިނަ ބައެއްގެ ތައުރީފު ލިބި، ޖައްވަށް ފެންނަ މަންޒަރަކީ ދުނިޔޭގެ މުހިންމު ތަންތަނަށް އާ ނަޒަރެއް ގެނެސްދޭނެ މަންޒަރެއްކަން ދުނިޔެއަށް ހަނދާންކޮށްދެ އެވެ.

ސައުދީ އެސްޓްރޮނޯޓުން ކަމަށްވާ ރަޔާނާ ބަރްނަވީ އާއި އަލީ އަލް ކަރްނީ ޖައްވަށް ފޮނުވާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން ސްޕޭސް އެކްސްގެ ފެލްކަން 9 ރޮކެޓްގަ އެވެ.

ނާސާގެ ތަޖުރިބާކާރު އެސްޓްރޮނޯޓް ޕެގީ ވިޓްސަން އާއި އެމެރިކާގެ ވިޔަފާރިވެރިޔާ ޖޯން ޝޯފްނާއާއެކު މި ލޯންޗް އިންތިޒާމްކޮށްފައިވަނީ އެކްސިއޯމް ސްޕޭސް އިންނެވެ.

ދުނިޔޭގެ ބިމުގެ ސަތަހައިން ނައްޓާލިތާ ގާތްގަނޑަކަށް 15 ގަޑިއިރު ފަހުން ފަޅުވެރިން އައިއެސްއެސްއަށް ގޮސް، ޖައްވީ ސްޓޭޝަންގައި ޤާއިމްވެ، އެ ޔުނިކް މައިކްރޯގްރެވިޓީ މާހައުލުގައި ޒަމާނީ ފެންވަރުގެ 14 ސައިންޓިފިކް ރިސާޗް އެކްސްޕެރިމެންޓެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބާނަވީ ޓްވިޓާގައި އަޕްޑޭޓެއް ހިއްސާކޮށްފައިވާއިރު، އޭނާ ބުނީ ސައިންޓިފިކް އެކްސްޕެރިމެންޓުތައް ފެށުމުގެ ފުރަތަމަ ފިޔަވަޅަކީ ލައިވް އެކްސްޕެރިމެންޓް ބޮކްސް ބޭނުންކޮށްގެން އިންފެކްޝަންތަކަށް ދިފާއީ ސެލްތަކުން ދޭ އިޖާބަ ޓެސްޓު ކުރުން ކަމުގައެވެ.



More from Naares