ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ގޭންގެއް ރޫޅާލާނަން: އުމަރު

Tue, 14 Mar 2023 07:53 AM

View on this article on Naares

ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ގޭންގެއް ރޫޅާލާނަން: އުމަރު


ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވި، ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ގޭންގެއް ރޫޅާލާނެކަމަށާއި، ޑްރަގާއި ދެކޮޅަށް މައިގަޑު 4 ސިޔާސަތެއް ތަންފީޒު ކުރައްވާނޭކަމުގައި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާންކޮށް، ކެމްޕޭން ކުރައްވަމުން ގެންދަވާ، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް ރޭ މާލޭގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ ކެންޕޭން އިވެންޓުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑްރަގްގެ ވަބާއާއި ގުޅިފައި އޮތީ ގޭންގުތައް ކަމަށާއި، މާލޭގެ ކޮންމެ ކަންމައްޗެއްގައި ގޭންގެއް އޮންނަ ކަމަށެވެ.

އަދި އޭނާ ވިދާޅުވީ މި ގޭންގުތަކުން މީހުންނަށް ބިރު ދެއްކުމާއި ޑްރަގްގެ ވިޔަފާރި ކުރުމާއި، ކޮންޓްރެކްޓަށް ވަޅިހެރުންފަދަ ޖަރީމާތައް ހިންމަމުން ދާކަމަށެވެ. އުމަރުވިދާޅުވީ އޭނާގެ ވެރިކަމެއްގައި މި ގޭންގުތަކަށް މިގޮތަށް ހަރަކާތްތެރި ނުވެވޭނެކަމަށާއި، ގޭންގުތައް ރޫޅާލާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްދަކަވަމުން އުމަރު ވިދާޅުވީ ރާއްޖެއަށް އާންމުވެފައިވާ ޑްރަގގްގެ ވަބާ ހުއްޓުވުމުގައި ހުޅަނގުގެ މޮޑެލްތަކުގެ ބޭނުން ކޮށްގެން މިހާތަނަށް ނާކާމިޔާބު ވެފައިވާކަމަށާއި، އެހެންކަމުން މިވަބާއިން ސަލާމަތް ވެވެން އޮތް ހަމައެކަނި މަގަކީ އިސްލާމީ ޝަރީއާގެ މޮޑެލްގައި ހިފައިގެން ކަމަށެވެ.

ހުޅަނގުގެ މޮޑެލްތައް ބޭނުންކޮށްގެން ޑްރަގް ހުއްޓުވުމަށް ކުރި މަސައްކަތްވީ ނާކާމިޔާބު. އެހެންވީމަ ދިވެހިން ދެން ޖެހޭނީ ޑްރަގް ހުއްޓުވުމަށްޓަކާ އިސްލާމީ ޝަރީއާގެ މޮޑެލް އެއްގައި ހިފަން. އަޅުގަނޑު ހިފާނީ އިސްލާމީ ޝަރީއާގެ މޮޑެލް އެއްގައި.

ރޭގެ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އޭނާގެ ޑްރަގް ސިޔާސަތުގައި އޮތީ މައިގަޑު 4 ކަމެއް ކަމަށެވެ. އެއީ ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާއި، ޑްރަގް އެތެރެކުރާ ބޯޓުފަހަރުތަކަށް ކަނޑުމަތިން ބަޑިޖަހާ ފައްތާލުމާއި، ޑްރަގްގެ ވިޔަފާރިކުރާ މީހުން މިނިވަން ނުވާގޮތަށް ޖަލަށް ލުމުގެ އިތުރުން ޑްރަގް ބޭނުންކުރާ މީހާގެ ރިހިބިލިޓޭޝަން ފަރުވާ 24 ގަޑިއިރު ތެރޭގައި ފެށުން ކަމުގައެވެ.

އިތުރަށް އުމަރު ވިދާޅުވީ ގޭންގުތަކުގައި އުޅޭ މީހުން ސްކޫލްތަކުގެ ތެރެއަށްވެސް ވަދެ، ކުލާސްރޫމްތައް ހަލަބޮލި ކުރަމުންދާ ކަމަށާއި، މިކަން ހުއްޓުވުމަށް އޭނާގެ ވެރިކަމެއްގައި ސްކޫލްތަކުގެ ވެރީންނަށް ފުރިހަމަ އިޚްތިޔާރާއި ބާރު ދެއްވާނެކަމުގައެވެ.



More from Naares