އާގަލާ ބޯޓުން ގެއްލުނު އިންޑީއާ ފަޅުވެރިޔާ ހޯދުން ހުއްޓާލައިފި

Sun, 12 Mar 2023 01:48 PM

View on this article on Naares

އާގަލާ ބޯޓުން ގެއްލުނު އިންޑީއާ ފަޅުވެރިޔާ ހޯދުން ހުއްޓާލައިފި

އާގަލާ ބޯޓުން ގެއްލުނު އިންޑިއާ ފަޅުވެރިޔާ ހޯދަން ހިންގި އޮޕަރޭޗަން ހުއްޓާލައިފި އެވެ.

އައްޑޫ ސިޓީ އާއި މާލެ އާއި ދެމެދު ދަތުރު ކުރާ މުދާ އުފުލާ މި ބޯޓުގައި އަލިފާން ރޯވެ އަޑިއަށް ދިޔައީ މިމަހުގެ ހަވަނަ ދުވަހު ހެނދުނު އެވެ. ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގި އިރު އިންޑިއާ މީހާއާ އެކު15 ވަޅުވެރިން ތިއްބެވެ.

އިންޑިއާ މީހާ ފިޔަވާ އަނެއް14 މީހުން ކަނޑުން ނަގާފައިވަނީ ހަ ވަނަ ދުވަހުގެ ފަތިހު4:30 ހާއިރު ކޯސްޓްގާޑުންނެވެ. އެ ބޯޓުގައި އަލިފާން ރޯވީ އެރޭ މެންދަމު2:00 ހާއިރު އެވެ.

އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޑިއާ ފަޅުވެރިޔާ ހޯދުމަށް ކޯސްޓުގާޑުން ކުރިޔަށް ގެންދިޔަ ސާޗް އެޮޕަރޭޝަން ހުއްޓާލީ72 ގަޑިއިރަށް ފަހު ކަމަށެވެ. މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164 އަކަކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ ބަލާފައި ކަމަށް ވިދާޅުވި އެވެ.

އެ ބޯޓުން ދަތުރު ކުރީ ފަސް ދިވެހި ފަޅުވެރިންނާއި ބަންގްލަދޭޝްގެ ފަސް ފަޅުވެރިންނާއި އިންޑިއާ ފަސް ފަޅުވެރިންނެވެ. ސަލާމަތްވި އެއްވެސް މީހަކަށް މާބޮޑު އަނިޔާއެއް ވެފައެއް ނުވެ އެވެ.

އޭގެ ތެރެއިން ދިވެއްސަކު މީޑިއާގައި ބުނެފައިވާ ގޮތުގައި އިންޑިއާ މީހާ ގެއްލުނީ އެންމެން ކަނޑަށް ފުންމާލި ފަހުން ކަމަށެވެ. އަދި އޭނާ ކަނޑުމަތީގައި އޮންނަން ގެންގުޅުނު ހަން ފަހުން ފެނިފައިވާ ކަމަށެވެ.

މި ހާދިސާގައި ހަތަރު މިލިއަން ރުފިޔާއަށްވުރެ ެބޮޑު ގެއްލުމެއް ވެރިފަރާތަށް ވެފައިވެ އެވެ.



More from Naares