ކ.އާރަށް ތިލައިން އެންދަމަން އުޅުނު މަސްދޯންޏެއް އެމްއެންޑީއެފުން ހުއްޓުވައިފި

Sat, 20 Jul 2024 07:42 PM

View on this article on Muraasilu

ކ.އާރަށް ތިލައިން އެންދަމަން އުޅުނު މަސްދޯންޏެއް އެމްއެންޑީއެފުން ހުއްޓުވައިފި

މާލެ އަތޮޅު އާރަށު ތިލައިން އެންދަމަން އުޅުނު މަސްދޯންޏެއް މިއަދު އެމްއެންޑީއެފުން ހުއްޓުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޗުއްޓީ ހޭދަކުރުމަށް ހާއްސަކޮށްފައިވާ އާރަށް ކައިރީގައިވާ ތިލައިން އެންދަމަން އުޅުނު މަސްދޯންޏަކަށް ދިފާއީ ބާރުން ހުރަސްއެޅި މިއީ ފުރަތަމަ ފަހަރެވެ.



ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ގެ ރަސްމީ ފޭސްބުކް ޕޭޖުގައި އެކަން ކުށްވެރިކޮަށް ލިޔެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިހާތަށް މަސްވެރިން ގަވައިދުން އެންދަމަމުންދިޔަ އާރަށް ތިލައިން މިއީ އެންދެމުން ހުއްޓުވި ފުރަތަމަ ފަހަރު ކަމަށާއި އެ ތިލައިން އަބަދުވެސް މަސްވެރިން އެންދަމާ ކަމަށެވެ. މިއަދު އެންދަމަމުން ދިޔަ ދޯންޏަށް އެމްއެންޑީއެފުގެ އިތުރުން ޕޮޮލިހުންވެސް ވަނީ ހުރަސް އަޅާފައެވެ.

އާރަށު ތިލައިން މަސްވެރިކަމަށް އެންދަމަމުން ދަނިކޮށް ހުއްޓުވައި ފޮނުވާލާފައިވަނީ ’މަސްުކުރި‘ ދޯންޏެވެ. އެ ދޯނީގެ ކެޕްޓަން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކޯސްޓުގާޑުގެ ލޯންޗެއް އައިސް އެމީހުންގެ ދޯނި އެތަނުން ނެގުމަށް އެންގި ކަމަށެެވެ. މިއީ ގަވައިދުން އެންދަމާ ތަނެއް ކަމަށް ބުނި ނަމަވެސް ހަރުކަށި ކަމާއެކު އެމްއެންޑީއެފުން ވަނީ އެ ދޯނި އެ ސަރަހައްދުން ފޮނުވާލާފައެވެ.

މަސްކުރި ދޯނި އެންދަމަން އާރަށް ތިލައަށް ކައިރި ކުރިއިރު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އާއިލާ އާރަށުގައި ޗުއްޓީ ހޭދަކުރައްވަމުންދާ ކަމަށްވެއެވެ.



More from Muraasilu