ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަ ވެއްޖެ

Thu, 18 Jul 2024 11:42 AM

View on this article on Muraasilu

ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަ ވެއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސެއިންފުޅު އަވަހާރަ ވެއްޖެއެވެ.



އުމުރުފުޅުން 80 އަހަރުގައި އަވަހާރަވީ އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގަ ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ ތައުޒީގެ މެސެޖެއް ފޮނުއްވާފައެވެ. ސޯސަލް މީޑިއާ އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރީގެ ރައީސް ސޯލިހުގެ މަންމާފުޅު މުއުމިނާ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވާ ކަމަށް ވިދާޅުވެފަ އެވެ. ”މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމާ މުއުމިނާ ޙުސައިންފުޅު ލަހައްޓަވާށިއެވެ. އާމީން.“ ރައީސް މުއިއްޒު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ސިޔާސީ އިސްބޭފުޅުންނާއި އާއްމުންވެސް އަންނަނީ ރައީސް ސޯލިހުގެ ހިތާމައިގަ ބައިވެރިވެ، ތައުޒިއާ ފޮނުވަމުންނެވެ.

ރައީސް ސޯލިހާއެކު 12 ބޭފުޅުން މުއުމިނާގެ ތިއްބަވައެވެ. މީގެ ތެރޭގައި ގުރުއާން ހިތުދަސް 3 ހާފިޒުންވެސް ހިމެނެއެވެ. މުއުމިނާގެ ބައެއް ބޭފުޅުން ރާއްޖޭގެ ސިޔާސީ ދާއިރާ އަދި ތައުލީމީ ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވެއެވެ.



More from Muraasilu