ސަމާލުވެ! ޓީއެމްއޭ ނަމުގަ ސްކޭމު މެސެޖުތަކެއް

Tue, 19 Sep 2023 02:15 PM

View on this article on Muraasilu

ސަމާލުވެ! ޓީއެމްއޭ ނަމުގަ ސްކޭމު މެސެޖުތަކެއް

ޑީއެޗްއެލް ޕެކޭޖެއްގެ ކަސްޓަމްސް ފީއަށް ފައިސާ ދެއްކުމަށް އެދި ޓީއެމްއޭގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުންދާ ކަމަށާއި މެސެޖްގައިވާ ލިންކަށް ނުވަންނަން ނުވަތަ އެ ލިންކަށް ނުފިތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކޮށްފިއެވެ. މި ލިންކުގައި ބުނަނީ ޑީއެޗްއެލްއިން ޕާރުސަލެއް ލިބިފައިވާ ކަމަށާއި އެ ރައްދު ނުކުރެވިގެން އުޅޭ ކަމަށެވެ. އެެހެންކަމުން ލިންކަށްވަދެ މައުލޫމާތު ފުރިހަމަ ކުރަން އެދެއެވެ. މި މައުލޫމާތުތަކުގެ ތެރޭގައި އެކައުންޓާއި ކޭސްކާޑުގެ މައުލޫމާތުވެސް ހިމެނެއެވެ. ޕޮލިހުން އެދެނީ މި ފަދަ އެއްވެސް މައުލޫމާތެއް މިފަދަ ފަރާތްތަކަށް ނުދިނުމަށެވެ.

ބޭންކު އޮފް މޯލްޑިވްސް އާއި ޕޮލިހުން ތަކުރާރުކޮށް މިފަދަ ސްކޭމްތަކަށް ސަމާލުކަން ދިނުމަށް އެދުނަސް ބައެއް ފަރާތްތަކުން މި ފަދަ މީހުންގެ މަޅީގައި ޖެހި އެތައް ގެއްލުމެއް ވެފައިވެއެވެ.


More from Muraasilu