27000 ވުރެ ގިނަ ފޯމު ސައްހަ ކުރުމުގެ މަރުހަލާގައި

Mon, 18 Sep 2023 10:32 AM

View on this article on Muraasilu

27000 ވުރެ ގިނަ ފޯމު ސައްހަ ކުރުމުގެ މަރުހަލާގައި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ރީރެޖިސްޓްރޭޝަނަށް ހުޅުވާލުމުން އެކަމަށް ހުށައެޅި ފޯމުތަކުގެ ތެރެއިން 27000 ވުރެ ގިނަ ފޯމު ވަނީ ސައްހަ ކުރުމުގެ މަރުހަލާގައި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ހާމަކޮށްފައވާ ގޮތުގައި ދެވަނަ ބުރުގެ ރީރެޖިސްޓްރޭޝަނަށް 47000 ވުރެ ގިނަ ފޯމު ލިބުނު އިރު އޭގެ ތެރެއިން 19000 ވުރެ ގިނަ ފޯމު މިހާރުވަނީ ޕްރޮސެސްކޮށް ނިންމާފައެވެ. ރީރެޖިސްޓްރީ ކުރަން ހުށައެޅި ފޯމުތައް ވެރިފައިކޮަށް ނިމުމުން އެ ލިސްޓު ގެޒެޓު ކުރެވޭނެ ކަމަށާއި އަދި ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ހިއްސާކޮށް ޝަކުވާއަށް ދެ ދުވަހަށް ހުޅުވާލާނެ ކަމަށެެވެ.

މި ދަނޑިވަޅުގައި ސިޔާސީ މަގުސަދެއްގައި ވިޔަސް އެ ކޮމިޝަނުގެ މަސައްކަތްތަކާ ބެހޭގޮތުން އިތުބާރު ނުހިފޭ ދޮގު މައުލޫމާތު ނުފެތުރުމަށްވެސް އެ ކޮމިޝަނުގެ ނޫސް ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ.


More from Muraasilu