މާޅޮހު ޒުވާނެއް ގެއްލިގެން ހޯދަނީ

Sun, 17 Sep 2023 11:44 PM

View on this article on Muraasilu

މާޅޮހު ޒުވާނެއް ގެއްލިގެން ހޯދަނީ

އއ. މާޅޮސް / ހުސްނޫވިލާ، ޢަލީ ރިޝާން (21އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މައުލޫމާތު ދީފިއެވެ.

ރިޝާން ހަބަރެއް ނުވެގެން އާއިލާއިން ޕޮލިހަށް ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި މިހާތަނަށް ފެނިފައިނުވާތީ އާއްމުންގެ އެހީތެރިކަމަށް ފުލުހުންވަނީ އެދިފައެވެ.

އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެހަފުތާ ކުރިންކަމަށް ރިޝާންގެ އާއިލާއާއި ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

ޢަލީ ރިޝާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.


More from Muraasilu