އެމްޑީއޭ އޮތީ ރައީސް އާއި އެކު ބަދަހިކޮށް – މައުރޫފު

Sun, 17 Sep 2023 01:50 AM

View on this article on Muraasilu

އެމްޑީއޭ އޮތީ ރައީސް އާއި އެކު ބަދަހިކޮށް – މައުރޫފު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ވާދަވެރި ޕީޕީއެމުން ފަތުރަމުންދަނީ ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށާއި، އެމްޑިއޭއާއި އަދި އެޕާޓީގެ ލީޑަރު ވެސް ހުންނެވި ގަދަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވަން ކަމަށް މައުރޫފު ވިދާޅުވެއްޖެއެވެ. އެމްޑިއޭގެ ޑެޕިއުޓީ ލީޑަރ ވިދާޅުވީ ދެވަނަ ބުރުގެ ކެމްޕޭނުގައި ވެސް އިދިކޮޅުން ބޭނުން ކުރަނީ ފުރަތަމަ ބުރުގައިވެސް ބޭނުންކުރި ދޮގާއި އޮޅުވާލުމުގެ ވާހަކަތައް ކަމަށާއި، އެމްޑީއޭ ކެމްޕެއިނުގައި ފެއަށް ޖެހިފައިވާ ކަމަށް ވާހަކަ ދައްކަނީވެސް އެ މޭރުމުން ކަމަށެވެ.

ދެވަނަ ބުރަށް ކެމްޕޭނު ފެށީ ފުރަތަމަ ބުރުން ލިބުނު ފިލާވަޅުން ކަންކަން ރަނގަޅުކޮށްގެން ކަމަށާއި އެކަމަށް ކުޑަ ވަގުތު ކޮޅެއް ނެގިޔަސް އަނެއްކާވެސް ތިން ޕާޓީގެ ކޯލިޝަން ބަދަހި ކަމާ އެކު ނިކުމެ މި ތިބީ ދެވަނަ ބުރުގެ އިންތިހާބުން ރައީސް ސޯލިހަށ ކާމިޔާބު ހޯދައިދޭން ކުރެވެން ހުރި މަސައްކަތެއް ކުރުމަށް ކަމަށްވެސް މައުރޫފު ވިދާޅުވިއެވެ. މައުރޫފު ވަނީ ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނިކުމެ މި ހިނގަމުންދާ ތަރައްގީ ނުހުއްޓި ކުރިއަށް ދިއުމަށް ރައީސް ސޯލިހަށް ވޯޓުދޭން ގޮވާލާފައެވެ. މީގެ އިތުރުން ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންވެސް ރައީސް ސޯލިހަށް ވޯޓު ދިނުމަށް އިލްތިމާސް ކުރެއްވިއެވެ. މައުރޫފު ވިދާޅުވީ އެ ބޭފުޅުންނަށްވެސް ސަލާމަތްތެރި ކަމުގެ މަގަކީ މިއީ ކަމަށް ވިދާޅުވެ އަސްލަށް ރުޖޫއަ ވުމަށް ގޮވާލާފައެވެ.

މިރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގަ ބޭއްވި ކެމްޕޭން އިވެންޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން ވެސް ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން އާއްމުންގެ ވެސް ގިނަ އަދަދެއްގެ ބަޔަކު ސޯސަން ޖަގަހަ ހިމެނޭ ސަރަހައްދަށް އެއްވެ، ޖަލްސާގައި ބައިވެރިވެފައިވެއެވެ.


More from Muraasilu