ރައީސް ސޯލިހު ވެސް، ޕީއެންސީންވެސް ވައުދުވީ ސިފައިންގެ މުސާރަ ބޮޑު ކުރަން

Sat, 16 Sep 2023 01:56 PM

View on this article on Muraasilu

ރައީސް ސޯލިހު ވެސް، ޕީއެންސީންވެސް ވައުދުވީ ސިފައިންގެ މުސާރަ ބޮޑު ކުރަން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ޕީއެންސީ ގެ ކެންޑިޑޭޓް ޑރ.މުއިއްޒުވެސް ދިފާއީ ބާރުގެ މުސާރަ ބޮޑުކުރުމަށް ވައުދުވެއްޖެއެވެ. ޕީއެންސީގެ ކޯލިޝަނުން ބޭއްވި ކެމްޕޭނު އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ހޮވިއްޖެ ނަމަ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން ސިފައިންގެ ފްލެޓުތަކުގެ ކުލި ދެއްކުން 1 އަހަރަށް ފަސްކޮށްދޭންވެސް ވަނީ ވައުދު ވެފައެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދޭނެ ކަމަށް ވައުދުވެފައެވެ. އެ މަނިކުފާނު ކެމްޕޭނުގައި ކުރީގެ ސަރުކާރުތަކުން ނިންމާ ނުލެވުނު ފުލުހުންނާއި ސިފައިންގެ ފްލެޓްތައް މިސަރުކާރުން ނިންމާ އެ ތަނުގައި ދިރިއުޅެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ. މި ގޮތުން މި މަހު ސިފައިންގެ ފްލެޓުތައް ނިމި މިހާރު ވަނީ ފްލެޓްތައް ދޫކުރަން ފަށާފައެވެ.

އެމްޑީޕީއާއި ޕީއެންސީގެ ކެންޑިޑޭޓުން ފޯރީގައި ކެމްޕޭނު ކުރަމުންދާއިރު ދެ ފަރާތުންވެސް ދަނީ އެއްބަޔަކު އަނެއް ބައެއްގެ މެނިފެސްޓޯ ކޮޕީކޮށް ޖެއްސުމަށް ވައުދުވަމުންދާ ކަމުގެ ތުހުމަތުކޮށްފައެވެ. އެމްޑީޕީން ތަކުރާރުކޮށް ތުހުމަތު ކުރަނީ ޑރ.މުއިއްޒު ލިޔެފައިނެތް މެނިފެސްޓޯއއެއް ނެތި އަދި ވައުދު ފުއްދާނެ ގޮތްތަކެއް ބުނެނުދީ ރައީސް ސޯލިހު ކޮށްދެއްވަން ވިދާޅުވާ ކޮންމެ ކަމެއް ކޮށްދޭނެ ކަމަށް ބުނަމުންދާ ކަމަށެވެ. އެމްޑީޕީން ވަނީ ވައުދު ކޮޕީ ކުރުން ހުއްޓާލުމަށް ޑރ. މުއިއްޒަށް ތަކުރާރުކޮށް ގޮވާލާފައެވެ.


More from Muraasilu