ސަން އައިލެންޑު ކުނި ދޯނީގައި ރޯވެއްޖެ

Thu, 08 Jun 2023 12:22 PM

View on this article on Muraasilu

ސަން އައިލެންޑު ކުނި ދޯނީގައި ރޯވެއްޖެ

ސަން އައިލެންޑް ރިސޯޓުން ކުނި ބަރުކޮށްގެން ހުޅުމާލެއަށް ވަންނަން އައި ދޯންޏެއްގައި ރޯވެއްޖެއެވެ.



މޯލްޑިވްސް ނެސެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދޭ ގޮތުގައި މި ދޯނީގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ދޯނީގެ އިންޖީނުގޭގެ ޑީސަލް ޓޭންކުގައި ރޯވެގެންނެވެ.

”ސީއެމްއެފް-2“ ނަމަކަށް ކިޔާ އެ ދޯނީގެ ޑީސަލް ޓޭންކުގައި އަލިފާން ރޯވީ، ހުޅުމާލެ ފިއުލް ސަޕްލައި މޯލްޑިވްސްގެ ހުޅަނގަށް އޮންނަ ބަނދަރަށް ވަންނަނިކޮށެވެ. އަދި އަލިފާން ރޯވުމުން، އެ ވަގުތު އާންމުންގެ އެހީތެރިކަމާއެކު އެ ދޯނި އެ ދިމާލު ބަނދަރަށް ގާތްކުރުމަށް ފަހު، އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަަނީ ފޯމް ބޭނުންކޮށްގެން ރޭ 04:48 ހާއިރު އަލިފާން ނިއްވާލާފައެވެ.

ސަން އައިލެންޑު ރިސޯޓުން ކުނި ހިފައިގެން އައި ދޯނީގަ ރޯވި އަލިފާން ގަނޑު ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ.
ފޮޓޯ: އެމްއެންޑީއެފް

ދޯނީގެ އިންޖީނުގެ ޑީސަލް ޓޭންކުގެ އިތުރުން ކުނީގެ ގޮތުގައި މި ދޯނީގައި ހުރި ބައު ދަނގަޑާއި ޓައިރާއި ލަކުޑިފަދަ ތަކެތީގައި ވެސް ރޯވެފައި ހުއްޓެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.



More from Muraasilu