ފުލުހެއްގެ ގައިގަ ޖަހާ މާރާމާރީ ހިންގި މީހަކު ހޯދަނީ

Wed, 07 Jun 2023 05:41 PM

View on this article on Muraasilu

ފުލުހެއްގެ ގައިގަ ޖަހާ މާރާމާރީ ހިންގި މީހަކު ހޯދަނީ

ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ފިލައިހެން އުޅޭ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.



ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް / ދަޑިމަގު.ބޭރެފީށި، މުޙައްމަދު އަންސާމް އިބްރާހީމް (23އ) އެވެ. 

 މުޙައްމަދު އަންސާމް އިބްރާހީމް ހޯދަމުންދަނީ ހުޅުމާލޭގައި 2023 މެއި 21 ވަނަ ދުވަހުގެ ވަގުތެއްގައި ބަޔަކު  ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށެވެ..

  މުޙައްމަދު އަންސާމް އިބްރާހީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ  ހުޅުމާލެ ޕޮލިސްގެ ނަންބަރު 3035335 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އާއްމު ރައްޔިތުންނަށް އިލްތމާސް ކުރެއެވެ.



More from Muraasilu