މަޖުލިސް ރައީސްކަމުން ނަޝީދު ދުރުކުރުމުގެ މައްސަލަ ވައްދައިފި

Wed, 07 Jun 2023 05:32 PM

View on this article on Muraasilu

މަޖުލިސް ރައީސްކަމުން ނަޝީދު ދުރުކުރުމުގެ މައްސަލަ ވައްދައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރާ މައްސަލަ 54 މެމްބަރުންގެ ސޮޔާ އެކު މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.



ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް މައްސަލަ މިއަދު ވެއްދިއިރު އެ ކަން ކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ނިންމީ އިއްޔެއެވެ. އެއާއެކު މެމްބަރުންގެ ސޮއި ހަމަކުުރުމުގެ މަސައްކަތް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އިސްކޮށް ހުންނަވައި ފެއްޓެވިއެވެ.

ނަޝީދު ވަކިކުރަން ހުށައެޅީ ސަބަބު ތަކުގެ ތެރޭގައި:

– ކޮމިޓީތައް އެކުލަވައި ނުލައި މަސައްކަތް ހުއްޓުވާފައި އޮތުން.

– ސަބަބެއް އިއުލާން ނުކުރައްވައި ކޮންމެ ދުވަހު ރިޔާސަތު ދޫކުރެއްވުން.

– މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ މެންބަރުންނަށް ވާގިވެރިވުން.

– ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ހިނގާ ބަހުސްތަކުގައި ބައިވެރިވުން.

– އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ މައްސަލަ އަށް ހުރަސް އެޅުއްވުން.

– ވަކި ފަރާތަކަށް ޖެހިވަޑާއިގެން މެންބަރުންނާ ޒާތީ ތައައްސަބެއް ބޭއްވުން.

ނަޝީދު މަގާމުން ވަކިކުރުމަށް ޓަކައި މައްސަލަ މަޖިލީހަށް ވައްދައިފައިވާއިރު ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަަލަ ވެސް އަންނަނީ ހިނގަމުންނެވެ.

ނަޝީދާ މެދު ހިތްހަމަނުޖެހުން ބޮޑުވީ އިމުގެ މައްސަލައިގައި އިދިކޮޅު ޕާޓީތަކުން އެކުވައިލި އިއްތިހާދުން ހުށަހެޅި ބަންޑާރަނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޑުޖައްސާލަން ނަޝީދު ނިންމެވުމާ ގުޅިގެންނެވެ.

ނަޝީދު މިހާރު މަސައްކަތް ކުރަމުންދަނި ޕީޕީއެމް ޕާލެމަންޓްރީ ގުރޫޕާއި އެ މަނިކުފާނު އުފައްދަވާފައިވާ ޕާޓީ ޑިމޮކްރެޓްސް އާއި އެކުގައެވެ.



More from Muraasilu