ރ.އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި އަލިފާންރޯވެ އަޑިއަށް ގޮސްފި

Fri, 02 Jun 2023 11:13 PM

View on this article on Muraasilu

ރ.އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި އަލިފާންރޯވެ އަޑިއަށް ގޮސްފި

މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އަޑިއަށް ހިނގައްޖެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މިރޭ 7.30 ހާއިރު ވަނީ ހޮރައިޒަން 2 ނަމަކަށް ކިޔާ ބޯޓުގައި އަލފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެވެ. މި މައުލޫމާތު ލިބުނު ވަގުތުން ފެށިގެން ފުލުހުންނާއި އެމްއެންޑީއެފް، އަންތަރާ ރިސޯޓާއި އަދި ފޯސީޒަން ރިސޯޓު ގެ ފަރާތުން އުޅަނދުތައް އައިސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމުގައި ސޮނެވާ ފުށި ރިސޯޓުންވެސް ހަރަކާތްތެރިވެފައިވެއެވެ.



ބޯޓުގައި ތިބި 10 މީހުން ސަލާމަތްކޮށް، ސޮނެވާފުށި ރިސޯޓުގެ ލޯންޗެއްގައި އެމީހުންވަނީ ބ. ކަމަދޫއަށް ގެންގޮސްފައެވެ. މި މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ބ. ކަމަދޫ ކައުންސިލާއި އެރަށުގައި ހަރަކާތްތެރިވާ ފުލުހުންނާއި ގުޅިގެންދަނީ ކުރަމުންނެވެ.

އަލިފާންރޯވި ބޯޓު އަޑިއަށްގޮސްފައިވާތީވެ، އެ ބޯޓުގައި ގިނަ އަދަދެއް ގެ މުދާ ހުރުމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

މި ބޯޓު ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން ރ.ރަސްގެތީމަށެވެ. މި ބޯޓުގައި ފުރަތަމަ ރޯވީ އިންޖީނު ރޫމުގައެވެ. ބޯޓުގައި އަލިފާން ރޯވި ސަބަބެއް މިހާތަނަށް ކަމާބެހޭ ފަރާތްތަކުންވެސް އަދި ބޯޓުގެ ވެރިފަރާތުންވެސް ހާމަކޮށްފައިނުވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ކަނޑުތައް ގަދަވެ، މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކޯސްޓުގާޑާއި، މެޓު އޮފިހުން އިލްތިމާސް ކުރެއެވެ. މީގެ ދެ ދުވަހެއް ކުރިންވަނީ ރ.އަތޮޅަށް މުދަލާއެކު ދަތުރުކުރި އާލާ ބޯޓުވެސް ދިޔަވެ އަޑިއަށްގޮސްފައެވެ.



More from Muraasilu