އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފި

Mon, 29 May 2023 09:24 PM

View on this article on Muraasilu

އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އެތެރޭގެ އުދުހުންތަކުގައި ފުރަން އަންނަ ދަތުރުވެރިން ޗެކްއިން ވުމަށް ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފިއެވެ. ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން ފަށާފައިމިވަނީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީން ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ގާއިމްކުރުމާ ގުޅިގެންނެވެ.



މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އިން ނެރެފައިވާ ސަރކިއުލަރގައިވަނީ އެތެރޭގެ އުދުހުންތަކުގައިވެސް ފުރަން އަންނަ ފަސިންޖަރުން ޗެކިންގ ވުމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ދާސާ) އިން ބަލައިގަންނަ ލިޔެކިޔުންތައް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޗެކިން ކައުންޓަރުތަކުންވެސް ބަލައިގަންނާނެ ކަމަށް ވީއައިއޭއިން މައުލޫމާތުދެއެވެ.

އެގޮތުން، އެއަރލައިން ޓިކެޓް ގަތުމަށާއި، އެއަރލައިން ޗެކިން ކުރުމަށާއި، އަދި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން، ކާކުކަން ދެނެގަތުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީގެ އިތުރުން ތިރީގައި ބަޔާންކުރެވިފައިވާ މުއްދަތު ހަމަނުވާ ލިޔެކިޔުންތައް ބަލައިގަންނާނެއެވެ.

·ޕާސްޕޯޓް

·ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު / ޑިޖިޓަލް އައިޑެންޓިޓީ ކާޑު

·ވޯކް ވިސާ ކާޑު / ޑިޖިޓަލް ވޯކް ވިސާ ކާޑު

·ލައިސަންސް ކާޑު / ޑިޖިޓަލް ލައިސަންސް ކާޑު

·އެއަރޕޯޓް ސެކިއުރިޓީ ފާސް

·ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް

ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޙިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރުކުރިއެރުމެއްކަން ވީއައިއޭއިން ފާހަގަކުރެއެވެ. ސަރުކާރުން ގާއިމްކުރާ މިފަދަ ނިޒާމްތަކުގެ އިތުރުން ދަތުރުވެރިންނަށް ފަސޭހަކާމާއި އެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ދަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް ވީއައިއޭއިން ބުންޏެވެ.



More from Muraasilu