ގެއްލުނު ކުއްޖާ އަމިއްލައަށް ގެއަށް އަތުވެއްޖެ!

Tue, 23 May 2023 06:04 AM

View on this article on Muraasilu

ގެއްލުނު ކުއްޖާ އަމިއްލައަށް ގެއަށް އަތުވެއްޖެ!

ވީނުވީއެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ އުމުރުން 17 އަހަރުގެ އަބްދުއްނާފިއު، (ޅ. ކުރެންދޫ / ހުދުފަޅު،) ފެނިއްޖެއެވެ. އާއިލާއިން ފުލުހުންނަށް މައުލޫމާތު ދިން ގޮތުގައި އޭނާ އަމިއްލައަށް މިހާރުވަނީ ގެއަށް އައިސްފައި ކަމަށާއި ކުއްޖާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.



މިނާ ފިލައިގެން ނުވަތަ ގެއްލިގެން އުޅުނު ތަނެއް ނުވަތަ މިވީ ވަގުތު ތަކުގައި އުޅުނު ތަނަކާ ބެހޭ ގޮތުން ފުލުހުން ވެސް އާއިލާއަކުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

އާއްމުންގެ ޝަކުވާއަކީ މިހެން ގެއްލޭ ކުދިން ނުވަތަ ފިލައިގެން އާއިލާއަށް ހަބަރުނުވާ ކުދިން ފެންނައިރު އެމީހުން އުޅުނު ތަނަކާއި ވަގުތު ހޭދަކުރި ގޮތެއް ނޭންގުމެވެ. އެހެން ވުމުގެ ސަބަބުން ކުއްޖަކު ގެއްލިގެން ހޯދުމަށް އާއްމުން ގެ އެހީތެރިކަމަށް އެދުނަސް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

މި ފަހުން ގެއްލުނު އެއްވެސް މީހެއް، ފެނިގެން އެކަމުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. މުރާސިލަށް އެނގިފައިވާގޮތުގައި މި ފަދަ މައުލޫމާތު އާއިލާތަކުންވެސް ނުދެއެވެ. އަދި އާއިލާތަކުން އެކަން މީޑިއާއަށާއި އާއްމުންނަށް ސިއްރުކުރަން ޕޮލިހުންނަށްވެސް ސަރުތުކުރެއެވެ.



More from Muraasilu