ރިޔާސި އިންތިހާބާ ބެހޭ ގޮތުން ޑިމޮކްރެޓްސް އާއި ޕީޕީއެމުން މަޝްވަރާ އެއް ނުކުރޭ

Mon, 22 May 2023 07:08 PM

View on this article on Muraasilu

ރިޔާސި އިންތިހާބާ ބެހޭ ގޮތުން ޑިމޮކްރެޓްސް އާއި ޕީޕީއެމުން މަޝްވަރާ އެއް ނުކުރޭ

ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ރިޔާސީ އިންތިހާބާ ބެހޭގޮތުން ޕާޓީ ތަކާ ވާހަކަދައްކަމުން ދާ ކަމާއި، އޭގެ ތެރޭގައި ޕީޕީއެމްވެސް ހިމެނޭ ކަމަށް ބުނުމުން އެކަން ޕީޕީއެމުން ދޮގުކޮށްފިއެވެ.

އަލަށް އުފައްދާ ޕާޓީން މިއަދު ހ. މައިޒާންދޮށުގޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ޕާޓީގެ ސްޕޯކްސް ޕަރސަން އަފްޝަން ވިދާޅުވީ އެއްވެސް ބަޔަކާ އެކު ކުރި މަޝްވަރާތައް ނިމުމަކަށް ނާންނަ ކަމަށާއި ޕީޕީއެމް ޕީއެންސީއާ އެކު ވެސް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.

”ގާސިމް އާއި ޖޭޕީ އާއެކު އޮތް އެއްވެސް މަޝްވަރާއެއް ބްރޭކް ޑައުންވި ކަމަކަށް އަޅުގަނޑުމެން ނުދެކެން،“ އަފްޝަން މިއަދު ވިދާޅުވި އެވެ.

”އަޅުގަނޑުމެން ގެ ތެރެއިން ބޭފުޅުން ޖޭޕީގެ ބޭފުޅުންނާ އެކީ ވެސް އަދި ހަމަ އޭގެ އިތުރުން ޕީޕީއެމް ވެސް ޕީއެންސީ ވެސް އަދި އެހެން ބޭފުޅުންނާ އެކީގައި ވެސް މަސައްކަތް ކުރައްވާ މަޝްވަރާ ކުރަމުން ގެންދަވަނީ މިހާރު ވެސް.“ އަފްޝަން އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ޕީޕީއެމްގެ އިސް ޕާލިމެންޓު މެމްބަރެއްކަމަށްވާ ހުސެއިން މުހައްމަދު ވިދާޅުވީ، ޕީޕީއެމުން މިހާތަނަށް އެއްވެސް ޕާޓިއަކާ ރިޔާސީ އިންތިހާބާ ބެހޭގޮތުން މަޝްވަރާ ނުކުރާ ކަމަށާއި އަދި މަޝްވަރާ ކުރަމުންވެސް ނުދާނެ ކަމަށެވެ.

ހުސެއިން ގެ އިތުރުން ޕީޕީއެމްގެ ސެނެޓްގެ މެމްބަރަކު މުރާސިލަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާތަނަށް ބައެއް ޕާޓީތަކުން ޕީޕީއެމްގެ ނަން ބޭނުން ކުރަމުންދަނީ ޕީޕީއެމްގެ މެމްބަރުންނަށާއި ދިވެހި ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް މައުލޫމާތު ދިނުމުގެ ގޮތުންނެވެ. ހާއްސަކޮށް އެމްޑީޕީއިން ވަކިވެ އަލަށް ހަދަމުންދާ ނަޝީދުގެ ޕާޓީން ޕީޕީއެމާއި ރިޔާސީ އިންތިހާބުގެ ކަންތައްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ތަކުރާރުކޮށް ބުނަމުން އެ ދަނީ އެމީހުންގެ ’ބައިބޮޑުކޮށް‘ ދެއްކުމުގެ މަގުސަދުކަމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ހުއްޓާ އެހެން ކެންޑިޑޭޓަކަށް ނުވަތަ އެހެން ޕާޓީއަކަށް ތާއިދެއް ނުކުރާނެކަމަށެވެ. އެހެން ޕާޓީތަކާ މަޝްވަރާ ކުރާނީ ޕާޓީގެ އާއްމު މެމްބަރުންނާ މީޑިއާއަށްވެސް ހިއްސާކޮށްފައި ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.


More from Muraasilu