ދައުރުވަމުންދާ ފޮޓޯ ގެ ހަގީގަތަކީ މިއީ!

Mon, 22 May 2023 02:39 PM

View on this article on Muraasilu

ދައުރުވަމުންދާ ފޮޓޯ ގެ ހަގީގަތަކީ މިއީ!

ދީނީ އިލްމުވެރިން ކަމަށްވާ ޑރ. އިޔާޒް އަބްދުއްލަތީފާއި، ޝެއިހް އަލީ ޒައިދު ހެލްމެޓު ނާޅާ ބުރިޖު މަތީގައި ސައިކަލް ދުއްވާކަމަށް ބުނާ ފޮޓޯއެއް އިއްޔެގައި ސޯސަލް މީޑިއާގައި ދައުރުވަމުން ދިޔައެވެ. މި ފޮޓޯ ރިޓުވީޓުކޮށް އަދި ޝެއަރކުރަމުންދާ ފަރާތްތަކުން ކުރާ ޝަކުވާއަކީ މި މީހުންނަށް ގާނޫނެއް ގަވައިދެއް ނުހިގަނީ ހެއްޔެވެ؟ ސަރުކާރަށް ތާއިދުކުރާތީ، މި ސަރުކާރުން މި ދެ ބޭފުޅުންނަށް މި ކަމުގައި އެއްވެސް ފިޔަަވަޅެއް ނާޅަނީ ހެއްޔެވެ؟

މި ސުވާލާއި ފޮޓޯއަށް ލިބެމުންދިޔަ ފާޑުކިޔުންތަކަށް ދެ ބޭފުޅުންނާއި އެކަން އިނގޭ ފާރާތްތަކުން ވަނީ ޖަވާބު ދީފައެވެ.

މިހާރު ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯއާ ގުޅޭގޮތުން، ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، އެ ފޮޓޯއަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށްފަހު، އެދެބޭފުޅުން ހުޅުމާލެއަށް ”ޖައްސާލާފައި“ އެނބުރި މާލެ އައި މަގުމަތީގައި މީހަކު ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އޭރު ހެލްމެޓު އެޅުން މަޖުބޫރު ނޫންކަން ފާހަގަކޮށް ޝައިޚްވަނީ ”ދުވާލު އިރު ފެންނަހެން“ ސާފު ކަންކަން އޮޅުވާލަން ބަޔަކު މަސައްކަތްކުރާކަން ފާހަގަކޮށްފައެވެ.

ޑރ. އިޔާޒުވެސް ވިދާޅުވެފައިވަނީ އެ ފޮޓޯއަކީ މިދިޔަ ރިޔާސީ އިންތިހާބުގައި (2018 ގައި) ބުރިޖުމަތިން ކުރި ދަތުރުތަކެއްގެ ފޮޓޯތަކެއް ކަމަށާއި އޭރު ހެލުމެޓު އެޅުން މަޖުބޫރެއް ނޫން ކަމަށެވެ.

ބްރިޖާއި ހައިވޭގައި ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުން މަޖުބޫރުކޮށް، ހެލްމެޓް ނާޅާ ބްރިޖާއި ހައިވޭގައި ދުއްވާ މީހުން ހުއްޓުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.

މިހާރަކަށް އައިސް ދޮގު މައުލޫމާތާއި ހަބަރު ފެތުރުމަށް ގިނަ މީހުން ބޭނުން ކުރަނީ މި ފަދަ އުކުޅު ތަކެވެ. ފޮޓޯގަނޑެއް ނުވަތަ ސުރުހީއެއް ޖަހާލާފައި އާއްމުންނަށް ދޫކޮށްލަނީއެެވެ. ގިނަ މީހުން ތެދުދޮގު ބެލުމެއް ނެތި އެ ވާހަކަ ސޯސަލް މީޑިއާގައި ފަތުރަމުންދަނީ ކަމުގެ ހަގީގަތް ބަލާލުމެއް ނެތިއެވެ. އަނެއް ބަޔަކު އޭގެ ހަގީގަތް އެނގުނަސް ގަސްތުގައި ބަޔަކަށް އޮޅުވާލުމުގެ މަގުސަދުގައިވެސް އެކަން ކުރެއެވެ. މި ފަދަ ކަންކަން އަލަށް ރެޖިސްޓްރީ ވަމުން އަންނަ މީޑިއާ ތަކާއި ވަކި މަގުސަދެއް ހާސިލް ކުރުމަށް ހަދާފައި ހުންނަ މީޑިއާތަކުންވެސް ކުރެއެވެ.


More from Muraasilu