“ރަހަ ގަރުދިޔަ” ލަވަ މިފަހަރު ވައިގައި މި ހިފީ މާ ވަރަކަށް!

Tue, 16 Jul 2024 06:08 PM

View on this article on MUNIAVAS

“ރަހަ ގަރުދިޔަ” ލަވަ މިފަހަރު ވައިގައި މި ހިފީ މާ ވަރަކަށް!

ދިވެހިބަހުގެ އެކެޑަމީން ޅެންވެރިން ދުވަހާއި ދިމާކޮށް ރާއްޖޭގެ ޅެންވެރިން އެކްޓްކޮށް ނެރެމުން އަންނަ ލަވަތަކަކީ ސަމާސާއަދަބު އޭގައި ހިމަނައިގެން، މުހިންމު މެސެޖްތަކެއް ދޭގޮތަށް ނެރެމުން އައި ލަވަތަކެކެވެ. އެގޮތުން މީގެ ދިހަވަރަކަށް އަހަރު ކުރިން ނެރުނު “ރަހަ ގަރުދިޔަ” ލަވަ މި ދެތިން ދުވަހަކު މިވަނީ އަނެއްކާވެސް ވައިގައި ހިފާފައެވެ. ނަމަވެސް މިފަހަރު މި ލަވަ ވައިގައި މި ހިފީ މާ ވަރަކަށެވެ.



“ރަހަ ގަރުދިޔަ”އިގެ ރަހަގަނޑު މި ދުވަސްވަރު މިހައި ބޮޑަށް ގަދަވެފައި މިވަނީ ‘ގަރުދިޔައަށް ޖަހައިލި ސިޔާސީ ވެކްސިނެއް’ގެ ސަބަބުން ކަމަށް ބުނެލަމުން މިހިސާބުން އެ ވާހަކަ ކުރުކޮށްލަނީ މުނިއަވަސްއަކީ ސިޔާސީ ވާހަކަތައް ނުގެނެސްދޭ އޮންލައިންއަކަށް ވާތީއެވެ.

“ރަހަ ގަރުދިޔަ” ލަވައިގައި ކިޔައިދެނީ ދިވެހީންނަށް އެންމެ މަޤުބޫލު ދިވެހި ކެއުމުގެ ރަހަ އެންމެ ރަނގަޅުކޮށްދޭ ގަރުދިޔައިގެ ވާހަކަތަކެވެ. ގަރުދިޔައިގެ މީރުކަމާއި އޭގެ ފައިދާތަކުގެ ވާހަކައެވެ. ކެއުމުގައި ގަރުދިޔަ ބޭނުންކޮށް އުޅޭ ގޮތުގެ ވާހަކަތަކެކެވެ. ކަނޑުމަހުގެ މީރުކަމާއި އޭގައި ހިމެނޭ އެކިއެކި ބައިތަކުގެ ވާހަކަތައްވެސް މި ލަވައިގައި ކިޔައިދެއެވެ.

“ރަހަ ގަރުދިޔަ” ލަވައިގެ ލީޑް ކުޅެފައިވަނީ ޅެންވެރިއެއްގެ އިތުރުން ދިވެފި ފިލްމީ އުދަރެހުގައި އަލިގަދަކޮށް ވިދަމުން އަންނަ ރޯނު ހަސަން އެވެ.

ޅެންވެރީންގެ ޓީމު އެއްކޮށް ކަހަލަ ގޮތަކަށް އެކްޓިންގައި ހަރަކާތްތެރިވެފައިވާ “ރަހަ ގަރުދިޔަ” ލަވައި އިތުރުން މީގެ ކުރިން ނެރެފައިވާ “ވައިބަރު” ލަވައަކީ ވެސް މަޖާޒީ ޅެންވެރިކަމުގެ ތެރެއިން ކޮމެޑީ ސްޓައިލެއްގައި ގެނެސްދީފައިވާ ލަވައެކެވެ. ބެލުންތެރިންނާއި އެހުންތެރިންގެ މެދުގައި މަޤުބޫލުކަން ހޯދި ލަވައެކެވެ.

“ރަހަ ގަރުދިޔަ” ލަވަ މުނިއަވަސް ޓިކްޓޮކަށް އަޕްލޯޑްކުރިތާ ވިއްސަކަށް ގަޑިއިރު ތެރޭގައި އެކާވީސް ހާހަށް ވުރެން ގިނަ މީހުން އެ ލަވަ ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ.

@muniavasRaha Garudhiyaige Libumun♬ original sound – MUNIAVAS



More from MUNIAVAS