ފިލްމު ހުރަސްގެ ބަޠަލާ މަރިޔަމް ރަޝީދާ ނިޔާވެއްޖެ

Thu, 11 Apr 2024 02:18 PM

View on this article on MUNIAVAS

ފިލްމު ހުރަސްގެ ބަޠަލާ މަރިޔަމް ރަޝީދާ ނިޔާވެއްޖެ

ދިވެހި ފިލްމު “ހުރަސް”ގެ އަންހެން ލީޑް އަދި މަޝްހޫރު ޑްރާމާ “ބަދުނާމް”ގައި ސެކަންޑް ލީޑެއްގެ ގޮތުން ފެނިގެންދިޔަ ކުރީގެ ފިލްމީ ތަރި މަރިޔަމް ރަޝީދާ (މަރީ) މިއަދު ނިޔާވެއްޖެ އެވެ. މުނިއަވަސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުން މަރީ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭ ހޮސްޕިޓަލުގެ އީއާރްގައި ފަރުވާދެމުން ދަނިކޮށެއެވެ.



މަރިޔަމް ރަޝީދާއާއި ގާތް މީހަކު މުނިއަވަސްއަށް ބުނީ މަރީ އުޅުނީ ބަލިކޮށް ކަމަށާ ދޭތެރެއަކުން ފިޓްވެސް ޖެހޭ ކަމަށެވެ. މަރީ ނިޔާވިއިރު އޭނާގެ އުމުރަކީ 46 އަހަރެވެ.

މަރިޔަމް ރަޝީދާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ (11-04-2024) މަޣްރިބް ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

މަރިޔަމް ރަޝީދާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް ލެއްވުން އެދި ދުޢާކުރަމު އެވެ.



More from MUNIAVAS