އިޓަލީގެ މިލާނުގައި ދަންވަރު އިއިސްކުރީމް ވިއްކުން މަނާކުރަނީ!

Fri, 24 May 2024 07:18 PM

View on this article on Minivan

އިޓަލީގެ މިލާނުގައި ދަންވަރު އިއިސްކުރީމް ވިއްކުން މަނާކުރަނީ!

އިޓަލީގެ ސިޓީއެއްކަމަށްވާ މިލާންގެ ލޯކަލް ގަވަރމަންޓްން މިހާރު ހުށަހަޅާފައިވާ އާގާނޫނަށް އަމަލުކުރަން އަންނަމަހު ފެށުމާއެކު އެގާނޫނުގެ ދަށުން ދަންވަރު އައިސްކުރީމް ފަދަ ކާބޯތަކެތި މަގުމަތީގައި ވިއްކުން މަނާކުރުމަށް ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ.



ދަންވަރު މަގުމަތީގައި އައިސްކްރީމް އަދި ޓޭކްއަވޭ ތައްޔާރީ ކާނާ ވިއްކުމަކީ އިޓަލީގެ ސަގާފަތާ ގުޅުންހުރިކަމެކެވެ. ނަމަވެސް އަލަށް ހުށަހަޅާފައިވާ ގާނޫނަށް އަމަލުކުރަންފެށުމުން މިލާންގެ 12 ޑިސްޓްރިކްޓް ގައި ދަންވަރު 12:30 ގެ ފަހުން އައިސްކްރީމާއި ޓޭކްއަވޭ ކާނާއާއި ބުއިންތައް ވިއްކުން މަނާވާނެއެވެ. އަދި ހަފްތާ ބަންދުގައި 01:30 ގެ ފަހުން އައިސްކްރީމާއި ޓޭކްއަވޭ ކާނާއާއި ބުއިންތައް ވިއްކުން މަނާވާނެއެވެ.

މިލާންގެ މަގުތަކުގައި ދަންވަރު އައިސްކުރީމް ވިއްކުން މަނާކުރުމަށް 2013 ވަނައަހަރުވެސް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އޭރުގެ މޭޔަރ ގްއިލިއާނޯ ޕިސަޕިއާ ކުރިމަސައްކަތް ނާކާމިޔާބްވެފައިވަނީ މަގުމަތީގައި އައިސްކުރީމާއި އެފަދަ ކާބޯތަކެތި ވިއްކާ މީހުންންގެ ޕްރެޝަރުގެ ސަބަބުންނެވެ.

މިފަހަރު އެގާނޫނު ތަންފީޒް ކުރުމަށް ނުކުމެ ހުންނެވި ޑެޕިއުޓީ މޭޔަރ މާކޯ ގްރެނެއްލި ވިދާޅުވެފައިވަނީ މުޖުތަމައުގައި ދިރިއުޅޭ ހުރިހާ އެއްމެނަށްވެސް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދޭންޖެހޭ ކަމަށާއި އެގޮތުން ރޭގަނޑު މުނިފޫހި ފިލުވައި މަޖާކުރުމަށް ބޭނުންވާ މީހުންނަށާއި ހަމަހިމޭންކަން ބޭނުންވާ ފަރާތްތަކަށްވެސް އެ ހައްގު ލިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް ދަންވަރު މަގުތަކުގައި އައިސްކްރީމް ބޮއެ މަޖާކުރުމަށް ތިބޭ މީހުންގެ ސަބަބުން ހަމަހިމޭންކަން ބޭނުންވާ ފަރާތްތަކަށް އުނަދގޫވާކަމަށެވެ. އެހެންކަމުން ތަންފިޡް ކުރުމަށް މަސައްކަތްކުރާ އާ އުސޫލާ ގުޅިގެން އެއްމެނަށް ހަމަހަމަކަމާއެކު އެކަންކަން ފަހިވެގެންދާނެކަމަށެވެ.

The post އިޓަލީގެ މިލާނުގައި ދަންވަރު އިއިސްކުރީމް ވިއްކުން މަނާކުރަނީ! first appeared on Minivan.



More from Minivan