ރާއްޖޭގައި ވޭޕްކުރުން މަނާކުރަންޖެހޭ: ޑރ.މުހައްމަދު އަލީ

Fri, 24 May 2024 09:46 AM

View on this article on Minivan

ރާއްޖޭގައި ވޭޕްކުރުން މަނާކުރަންޖެހޭ: ޑރ.މުހައްމަދު އަލީ

ވޭޕްކުރުން ރާއްޖޭގައި މަނާކުރަން ޖެހޭކަމަށް ޤައުމީ ހޮސްޕިޓަލް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.



ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ ޑްރަގެއް ދައުރުވަމުންދާކަން ފާހަގަކުރައްވައި އަދި އެކަމުގެ ނުރައްކާތެރިކަން ފާހަގަކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.މުހައްމަދު އަލީ ވިދާޅުވީ، ސިނގިރޭޓް ބުއިމުގެ އިތުރުން ވޭޕްކުރުމަކީ ރާއްޖޭގައި މަނާކަމެއްކަމަށް މިހާރު ކަނޑައަޅަން ޖެހިފައިވާ ދަރަޖައަށް ކަމުގެ ނުރައްކާތެރިކަން ގޮސްފައިވާކަމަށެވެ.

ޗައިނާ ވައިޓާ ގުޅޭގޮތުން މި ޕޯސްޓްގައި ޑރ.މުހައްމަދު އަލީ ވިދާޅުވެފައިވަނީ، އައިޖީއެމްްއެޗްގައި އެޑްމިޓްކުރި ބައެއް މީހުން ޗައިނާ ވައިޓް ބޭނުންކޮށްފައިވާކަން ދެނެގަނެވިފައިވާކަމަށާއި، މަސްތުވާތަކެއްޗާ މެދު ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ، މުޖުތަމައު ބިނާކުރަންތިބި ޒުވާން ޖީލު މުޅިން ހަލާކުވެދާނޭކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

މިނިސްޓްރީ އޮފް ހޯމް ލޭންޑުން ވަނީ ރާއްޖޭގައި "ޗައިނާ ވައިޓް" އުފައްދާ މިންވަރާއި ބޭނުންކުރަމުންދާ މިންވަރު ބައިނަލްއަޤްވާމީ އެކި ކަންކޮޅުތަކުގައި އިތުރުވާކަން ފާހަގަކޮށް، އެ ޑްރަގްގެ ވަބާ ރާއްޖޭގައި އާއްމުވެނުދިނުމަށްޓަކައި ހަރުދަނާ ވިޔަވަޅުތަކެއް އަޅާނޭކަމަށް ބުނެފައެވެ.

ސިނގިރޭޓަށްފަހު ވޭޕްކުރުމަކީ މިހާރު ދެ ޖީންސްގެ ޒުވާނުންގެ މެދުގައި ވަރަށް އާއްމުވެފައިވާ ކަމެކެވެ. ވޭޕްކުރާ ޒުވާނުންގެ އަދަދު ދުވަހެއް ދުވަހެއް އިތުރުވަމުންދާއިރު، ގިނަ ޒުވާނުން މިހާރު ވޭޕްކުރަނީ ސިނގިރޭޓް ބޭނުންކުރުމުގެ ބަދަލުގައެވެ. ނަމަވެސް ވޭޕްކުރުމަކީވެސް ފުއްޕާމެއަށް ނުހަނު ގެއްލުންތައް ދޭ އެއްޗެއްކަމަށް ޑޮކްޓަރުން ބުނެއެވެ.

 

 

The post ރާއްޖޭގައި ވޭޕްކުރުން މަނާކުރަންޖެހޭ: ޑރ.މުހައްމަދު އަލީ first appeared on Minivan.



More from Minivan