މަޖިލިސް ނައިބުކަމަށް އަޅުގަނޑުގެ ނަމުގައި ހިންގާ ކެމްޕޭން އެކައުންޓާ އަޅުގަނޑާ އެއްވެސް ގުޅުމެއްނެތް: ސައުދާ

Wed, 08 May 2024 11:35 AM

View on this article on Minivan

މަޖިލިސް ނައިބުކަމަށް އަޅުގަނޑުގެ ނަމުގައި ހިންގާ ކެމްޕޭން އެކައުންޓާ އަޅުގަނޑާ އެއްވެސް ގުޅުމެއްނެތް: ސައުދާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު އަދި ފ. ނިލަނދޫ ދާއިރާގެ އިންތިހާބީ މެމްބަރު ފާތިމަތު ސައުދާ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެނައުމަށް، އެކްސްގައި ހިންގަމުން އެކައުންޓާ އެއްވެސް ގުޅުމެތް ނެތް ކަމަށް ސައުދާ ބުނެފިއެވެ.



ސައުދާ މިފަދައިން ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެންނަން ކެމްޕޭނުކޮށް، ހިންގަމުން އަންނަ އެކްސް އެކައުންޓަކާ ގުޅިގެން އޭނާ ގެ އަމިއްލަ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ސައުދާ ވިދާޅުވީ، އޭނާގެ މަސައްކަތްތައް ތަރުތީބުވެގެންދާނީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ވިސްނުމާ އެއްގޮތަށް ކަމަށެވެ. އަދި ސައުދާ ވަނީ އޭނާގެ ނަމުގައި އެފަދަ ކަންކަން ނުކުރުމަށް އެދިލައްވާފައެވެ.

ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި މަޖިލީސް އިންތިހާބު ކާމިޔާބު ކުރީ 66 ކެންޑިޑޭޓުންނާއެކު ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރީޓީ ހޯދާފައެވެ. ސަރުކާރުގެ ތާއިދާ އެކު އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބުކުރި ކެންޑިޑޭޓުންނާއެކު ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ އަދަދު 77 އަށް އަރާފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވާދަކުރި ދާއިރާތަކަށް ޕީއެންސީން ވާދައެއް ނުކުރެއެވެ. ސަރުކާރުން ތާއިދުކުރީ މި ތިން ސިޔާސީ ލީޑަރުންނަށެވެ. ވެލިދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓަކު ވާދަކުރި ނަމަވެސް އެމްޑީއޭގެ ޓިކެޓުގައި އިންތިހާބުވި މުހައްމަދު އައްބާސް އަށް ސަރުކާރުން ތާއިދުއޮތެވެ.

ސަރުކާރުން ލަފާކުރާ ގޮތުން މަޖިލީހުގައި ސަރުކާރާއެކު 80 މެންބަރުން މަސައްކަތްކުރާނެއެވެ. 80 މެންބަރުން ސަރުކާރާއެކު ތިބޭނެނަމަ މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ތިބޭނީ ވާދަވެރި އެމްޑީޕީގެ 12 މެންބަރުންގެ އިތުރަށް އަމިއްލަ އެންމެ މެންބަރެކެވެ.

އެހެން ނަމަވެސް އަދި މިހާތަނަށް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ރިޔާސަތު ދެއްވާނީ ކޮން ބޭފުޅަކަށް ކަމާމެދު ޕީއެންސީން އެއްޗެއް ބުނެފައެއް ނުވެއެވެ.

The post މަޖިލިސް ނައިބުކަމަށް އަޅުގަނޑުގެ ނަމުގައި ހިންގާ ކެމްޕޭން އެކައުންޓާ އަޅުގަނޑާ އެއްވެސް ގުޅުމެއްނެތް: ސައުދާ first appeared on Minivan.



More from Minivan