އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާމެދު ގޮތެއް ނިންމާނީ އާ މަޖިލިސް ހުވާކުރުމުން: ސަރުކާރު

Mon, 06 May 2024 05:45 PM

View on this article on Minivan

އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާމެދު ގޮތެއް ނިންމާނީ އާ މަޖިލިސް ހުވާކުރުމުން: ސަރުކާރު

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް މިހާރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް އަންގާފައި ވީނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ އާ މަޖިލިސް ހުވާކުރުމުން އެކަމާ ބެހޭ ގޮތުން ދިރާސާކުރުމަށް ފަހުގައި ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.



އިޒްރޭލުގެ ޕާސްޕޯޓު ބޭން ކުރުމާ ގުޅޭގޮތުން މި ސަރުކާރުގެ ސްޓޭންޑަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ހީނާ ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ނަގަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް ނަގާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވަނީ ދާދި ފަހުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އދ. ގެ މަޖިލީހުގައި ފަލަސްތީނުގެ ހައްގުގައި ދެއްކެވި ވާހަކަތަކަށް ތައުރީފުކުރައްވާފަ އެވެ.

The post އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާމެދު ގޮތެއް ނިންމާނީ އާ މަޖިލިސް ހުވާކުރުމުން: ސަރުކާރު first appeared on Minivan.



More from Minivan