އިންޑިޔާގެ 51 ސިފައިން އަނބުރާ ފޮނުވާލައިފި

Mon, 06 May 2024 05:04 PM

View on this article on Minivan

އިންޑިޔާގެ 51 ސިފައިން އަނބުރާ ފޮނުވާލައިފި

ރާއްޖޭގައި ގާއިމްވެގެން ތިބި އިންޑިޔާ ސިފައިންގެ ތެރެއިން މިހާތަނަށް 51 ސިފައިންގެ އަނބުރާ ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.



ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މީހުންގެ ތެރެއިން ދެ ޕްލެޓްފޯމެއްގައި ތިބި 51 ސިފައިން މިހާރު ފޮނުވާލެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ގާއިމްވެ ތިބީ ކިތައް ސިފައިން ކަމެއް ހީނާ ވިދާޅެއް ނުވެއެވެ.

ސަރުކާރުން ކުރިން ވެސް ބުނެފައިވާ ގޮތަށް މިމަހުގެ 10 ގެ ކުރިން ހުރިހާ ސިފައިން ފޮނުވާލެވޭނެ ކަމަށް މިއަދު ހީނާ ވިދާޅުވިއެވެ.

ރާއްޖޭން ފޭބި އިންޑިއާ ސިފައިންގެ އަދަދު ސަރުކާރުން ހާމަކޮށްފައިވާއިރު، ރާއްޖޭން އިންޑިއާ ސިފައިން ބޭލުމާއި ގުޅޭ ރަސްމީ މަޝްވަރާތައް ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރަމުންނެވެ. އެގޮތުން މިހާތަނަށް އޭގެ ހަތަރު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

The post އިންޑިޔާގެ 51 ސިފައިން އަނބުރާ ފޮނުވާލައިފި first appeared on Minivan.



More from Minivan