ޒުވާން އިންޖީނު އޮޕަރޭޓަރު ގުރައިޝާއެކު ވަގުތު ކޮޅެއް: ހިތްވަރުގަދަ، މުރާލި، ކެރޭ ކުއްޖެއް

Sat, 27 Apr 2024 03:15 PM

View on this article on Minivan

ޒުވާން އިންޖީނު އޮޕަރޭޓަރު ގުރައިޝާއެކު ވަގުތު ކޮޅެއް: ހިތްވަރުގަދަ، މުރާލި، ކެރޭ ކުއްޖެއް



އަދި ޅަ ޒުވާނެވެ. އދ. ކުނބުރުދޫ ރޯޒްމީޑް، އުމުރުން 23 އަހަރުގެ އައިމިނަތު ގުރައިޝާ އަކީ ސްޓެލްކޯގެ އެންމެ ޒުވާން އަންހެން އެންޖިން އޮޕަރޭޓަރެވެ. ރާއްޖޭގެ އަންހެން ހަމައެކަނި އިންޖީނު އޮޕަރޭޓަރުވެސްމެއެވެ. އޭނާ ކުނބުރުދޫ ސްޓެލްކޯގެ އެންޖިން ގޭގައި ވަޒީފާ އަދާކުރާތާ، މިވީ ކުރު މުއްދަތުގައި އޭނާ ވަނީ އެކުގައި މަސައްކަތްކުރާ މީހުންގެ ރުހުމާއި އިތުބާރު ހޯދާފައެވެ. ތިރީގައި މިވަނީ އޭނާ މިނިވަން ނޫހަށް ދީފައިވާ ޚާއްސަ އިންޓަވިއުއެެއްގެ ހުލާސާއެކެވެ. 

ސ. އަންހެނަކަށް ވީތީ ތިހަލަ ވަޒީފާއަކަށް އޮތް ޗެލެންޖަކީ ކޮބާ؟ 

ޖ. އަސްލު އަންހެނަކަށް ވީތީ އޮންނަ ޗެލެންޖަކީ ފިރިހެނުންކުރާ ވަރަށް މަސައްކަތްނުކުރެވިދާނެތީ އޮންނަ ބިރު. އަދި އެމީހުން ތެރޭގައި ފިޓް އިން ވާން ކުރާ މަސައްކަތް.

ކީހަވަރަކަށް މީހުންގެ ތަރުހީބުލިބޭތޯ؟ 

ރަށު އެންމެން ވަރަށް ރަނގަޅު. ވަރަށް ސަޕޯޓިވް.

މަސައްކަތު މާހައުލުގައި ގްރޭޝާ ބަލައިގަނޭތޯ؟

މަސައްކަތު މާހައުލުގައި އަހަރެންކުރާ މަސައްކަތް އެމީހުން ބަލައިގަނޭ. އެންމެންވެސް ހުރިހާ ކަމެއްގައިވެސް އެހީތެރިވެދޭނެ.

މިހާރު އަދާކުރާ ވަޒީފާގެ އަަސާސީ ޒިންމާތަކަކީ ކޮބާ؟ 

ވަޒީފާގެ ޒިންމާތައް ވަރަށް ބައިވަރު. ކުރުކޮށް ބުނަންޏާ ޑިއުޓީ ގަޑީގައި ކުރަންޖެހޭ ހުރިހާ ކަމެއް. އިންޖިންތައް ބަލާ ޗެކްކޮށް، ގަޑިން ގަޑިއަށް ރީޑިން ނަގާ އެންޓާކޮށް، ދެން އިންޖީނަކަށް ކަމެއް ދިމާވެއްޖެއްޔާ އެކަމެއް ރަނގަޅުކުރަން ބޮޑެތި މީހުން އަންގާ ގޮތަކަށް އަންގާ ކަމެއް ކުރުން.

ތިކަހަލަ ތަފާތު މަސައްކަތްތަކަށް ނުކުންނަންވާ ޒުވާން އަންހެން ކުދިންނަށް ދޭން އޮތް މެސެޖަކީ ކޮބާ؟ 

އަސްލު ހުރިހާ އެންމެންނަށް ދޭން ބޭނުންވާ މެސެޖަކީ ހިތްވަރާއެކު ކެރިގެން ކުރިމަތިލައިފިއްޔާ ކޮންމެ ކަމެއްވެސް ވާނެ. ކެރުން އެމީހަކަށް ވާނެކަން ގަބޫލުކުރުން އެއީ އެންމެ މުހިއްމު ކަމަކީ.

ތިކަހަލަ ކަމެއްގަ އުޅޭއިރު ފެމިލީއަށް ވަގުތުދޭ އުނދަގޫތަ؟ 

ފެމިލީއަށް ވަގުތުދޭން ވަރަށް ފަސޭހަ. އެއީ އެއް ރަށެއްގައި އުޅޭތީ އަބަދުވެސް އެންމެން ކައިރީގަ ތިބެނީ.

މިހާރު ގްރޭޝާގެ އެންމެ ބޮޑު އުންމީދަކީ ކޮބާ؟ 

އެންމެ އުންމީދުކުރާ ދުވަހަކީ މިދާއިރާއިން ކުރިއަށްދާނެ ފުރުސަތުތަކާއި ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވާނެ ފުރުސަތު ލިބި މި ދާއިރާއިން މަތީ މަގާމެއް ހާސިލްވުން.

ތަފާތު ސުވާލެއް ކޮށްލަންތަ؟ ނިމިދިޔަ އިންތިހާބުގައި ސްޓެލްކޯގެ އެމްޑީ ތިޔަ ރަށަށް ވަޑައިގެން ވަކި މީހަކަށް ވޯޓުދޭން އެންގިތަ؟ 

ނޫން. އެކަހަލަ ވާހަކައެއް ނުދައްކަވާ.

މިހާރު އެމްޑީއަކީ ކޮންކަހަލަ ބޭފުޅެއްހެން ހީވަނީ؟ 

ވަރަށް މަޑުމައިތިރި ހިތް ހެޔޮ، މިވައްޒަފުންނަށް ވަރަށް ރަނގަޅު، މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވާ ބޭފުޅެއް. ވަރަށް ބެސްޓް ހަމަ.

ނިންމާލަމުން ފާހަގަކޮށްލަން ބޭނުންވާ އެއްޗަކީ ކޮބާ؟ 

އަޅުގަނޑު ޝުކުރު އަދާކޮށްލަން ބޭނުންވަނީ ފުރަތަމަވެސް ހެއްދެވި ފަރާތަށް. ދެން ފެމީލީ އާއި ފްރެންޑްސް. އަދި އަޅުގަނޑު މިހިސާބަށް، މިމަގާމަށް އަންނަން އެހީވެދިން ހުރިހާ އެންމެނަށް އެހީ އެހާ ސަޕޯޓީވް، ވޯކްކޮށްލަން އެހާ ފަސޭހަ މާހައުލެއް ދެއްވީތީ. އަޅުގަނޑާ އެކީ މަސައްކަތްކުރާ ހުރިހާ ސްޓާފުންނާއި ސްޓެލްކޯ ސްޓޭޝަނާ ހަވާލުވެތިބި ހުރިހާ ބޮޑެތި މީހުންނަށް.

 


More from Minivan