ޔާމީންގެ ޝަރީއަތް ކުރިއަށްދާއިރު ސަޕޯޓަރުން އަޑުއުފުލުމުގައި

Thu, 18 Apr 2024 02:38 PM

View on this article on Minivan

ޔާމީންގެ ޝަރީއަތް ކުރިއަށްދާއިރު ސަޕޯޓަރުން އަޑުއުފުލުމުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވުން މިއަދު 1:00 އަށް ތާވަލުކޮށްފައިވަނިކޮށް އެމަނިކުފާނުގެ ސަޕޯޓަރުން ހައި ކޯޓު ހުންނަ ސަރަހައްދަށް އެއްވެ އަޑު އުފުލަން ފަށައިފި އެވެ.



ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ ޝަރީއަތްތައް ނިމި ހުކުމް އިއްވުމުގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައި މިވަނީ ގާތްގަނޑަކަށް ފަސް މަހެއްހާ ދުވަސް ފަހުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީންގެ މައްސަލައިގައި އިންސާފު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިނަމަވެސް ކޯޓުގެ އަޑުއެހުން ލަސްކުރުމަށް ސަރުކާރުން ވާގިވެރިވަމުން ދިޔަ މަންޒަރު މިދިޔަ ދުވަސްތަކުގައި ވަނީ ފެނިގެން ގޮސްފަ އެވެ.

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވައިލުމުގެ ގޮތުން އެމަނިކުފާނުގެ ސަޕޯޓަރުން ހައި ކޯޓު ކުރިމަތީގައި އަޑު އުފުލަމުން ދާއިރު މިދިޔަ ދުވަސްތަކުގައި އެމްޑީޕީ ޕީޖީ ގްރޫޕުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް ވަނީ ރައީސް ޔާމީންގެ މައްސަލަ އަވަސް ކުރުމަށް އެދި ހުށަހަޅައިފަ އެވެ. އެހެންނަމަވެސް ރައީސް މުއިއްޒުގެ ފަރާތްޕުޅުން މިމައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

The post ޔާމީންގެ ޝަރީއަތް ކުރިއަށްދާއިރު ސަޕޯޓަރުން އަޑުއުފުލުމުގައި first appeared on Minivan.



More from Minivan