މާފަރުގެ އިހުތިސާސުން އުނިކުރި ބައި އިޔާދަކޮށްދީފި

Mon, 15 Apr 2024 06:30 PM

View on this article on Minivan

މާފަރުގެ އިހުތިސާސުން އުނިކުރި ބައި އިޔާދަކޮށްދީފި

މާފަރު ކައުންސިލްގެ އިހުތިސާސުގެ ތެރެއިން އުނިކޮށްފައިވާ ފަޅުރަށްތައް މާފަރުގެ އިހުތިސާސުގެ ތެރޭގައި އަލުން ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވައިފިއެވެ.



މިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރުގައި ބަޔާންކޮށްފައިވަނީ، މާފަރުގެ އިހުތިސާސުން އުނިކޮށްފައިވާ ދެ ރަށްކަމަށްވާ "ފަރުމުލި" އަދި "ކަނޑިންމާހުރާ" އަކީމާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ.

މާފަރުގެ އިހުތިސާސުން "ފަރުމުލި" އަދި "ކަނޑިންމާހުރާ" ވަކިކޮށްފައިވަނީ 2020 ވަނަ އަހަރެވެ. އެ ދެ ރަށް ހިމެނޭހެން މާފަރުގެ އިހުތިސާސުން އޭރު ވަނީ، 80 ހެކްޓަރުގެ ބިން ވަކިކޮށްފައެވެ.

މާފަރުގެ އިހުތިސާސުން ވަކިކުރި ރަށްތަށް އަނބުރާ ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެރަށަށް ކެމްޕެއިން ތެރޭގައި ކުރި ޒިޔާރަތުގައި ވެ ވަޑައިގަތް ވައުދުފުޅެކެވެ.

The post މާފަރުގެ އިހުތިސާސުން އުނިކުރި ބައި އިޔާދަކޮށްދީފި first appeared on Minivan.



More from Minivan