ޖަޕާނުގެ އާބާދީގެ 10 އިންސައްތަ އަކީ 80 އަހަރުން މަތީގެ މީހުން

Tue, 19 Sep 2023 08:19 PM

View on this article on Minivan

ޖަޕާނުގެ އާބާދީގެ 10 އިންސައްތަ އަކީ 80 އަހަރުން މަތީގެ މީހުން

ޖަޕާނުގައި ކޮންމެ 10 މީހަކުން އެކަކީ އުމުރުން 80 އަހަރު ފުރިފައިވާ މީހެއް ކަމަށް ތަފާސްހިސާބުތައް ދައްކައިފިއެވެ.

ޖަޕާނުގެ ކަމާއިބެހޭ އިދާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 125 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ޖަޕާނު ރައްޔިތުންގެ 29.1 އިންސައްތަ މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ.

ޖަޕާނަކީ އުފަންވާ މީހުންގެ ނިސްބަތް އެންމެ ދަށް ގައުމަކަށް ވާއިރު، އުމުރުން ދުވަސްވީ އާބާދީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތަކާ މެދު ޖަޕާނު ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ އާބާދީ ޖަޕާނުގައި އޮންނައިރު ދެވަނާގައި އޮތީ އިޓަލީއެވެ. އުމުރުން ދުވަސްވީ މީހުން ދެން އެންމެ ގިނައީ ފިންލޭންޑުގައެވެ.

ޖަޕާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗުން ހާމަކޮށްފައިވާ ގޮތުގައި 2040 ވަނަ އަހަރުގެ ނިޔަލަށް އެގައުމުގެ އުމުރުން 65 އަހަރުން މަތީގެ މީހުން، އާބާދީގެ 34.8 އިންސައްތަ ހިއްސާކުރާނެއެވެ.

އަވަށްޓެރި ގައުމުތައް ހިމެނޭ ގޮތަށް ގިނަ ގައުމުތަކުގައި އުފަންވާ ނިސްބަތް ދަށްވަމުން އަންނަ އިރު، ވަކިން ހާއްސަކޮށް ޖަޕާނުގައި މިއީ ވަރަށް ބޮޑު މައްސަލައެކެވެ.

އެ ގައުމުގައި މިދިޔަ އަހަރު އުފަންވި ކުދިންގެ އަދަދު 8 ލައްކައަށް ވުރެ މަދެވެ. މިއީ 19 ވަނަ ގަރުނުގައި ވިހާ ކުދިންގެ އަދަދު މިހާ ދަށްވި ފުރަތަމަ ފަހަރެވެ. 1970 ގެ އަހަރުތަކުގައި އެ އަދަދު ހުރީ ދެ މިލިއަނަށް ވުރެ މަތީގައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފައި ވަނީ އުފަންވާ ނިސްބަތް ދަށަށް ދިއުމުގެ ސަބަބުން މުޖުތަމައުއެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ގައުމު ގޮސްފައިވާ ކަމަށެވެ.

The post ޖަޕާނުގެ އާބާދީގެ 10 އިންސައްތަ އަކީ 80 އަހަރުން މަތީގެ މީހުން first appeared on Minivan.


More from Minivan