ޑީއެޗްއެލްއަށް ފައިސާ ދެއްކުމުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރުވަނީ

Tue, 19 Sep 2023 03:40 PM

View on this article on Minivan

ޑީއެޗްއެލްއަށް ފައިސާ ދެއްކުމުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރުވަނީ

ޑީއެޗްއެލްއިން އައިސްފައިވާ ޕެކޭޖެއްގެ ކަސްޓަމްސް ކްލިއަރެންސް ހެދުމަށް ފައިސާ ދެއްކުމުގެ ނަމުގައި، ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޓީއެމްއޭގެ ނަމުގައި ފޮނުވަމުންދާ މެސެޖުގައި އޮންނަނީ ޑީއެޗްއެލް މެދުވެރިކޮށް އައިސްފައިވާ ޕެކޭޖެއްގެ ކަސްޓަމްސް ކްލިއަރެންސް ހެދުމަށް ފައިސާ ދެއްކުމަށް ކަމަށެވެ. އަދި މެސެޖުގައިވާ ލިންކަށް ވަނުމުން، ކޭޝް ކާޑުގެ މައުލޫމާތު ޖެހުމަށް ބުނާ ކަމަށެވެ.

ނަމަވެސް މިއީ ސްކޭމެއް ކަމަށާއި، މިފަދަ މެސެޖެއް ލިބުނަސް ލިންކަށް ނުވަނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެފަދަ ލިންކެއްގައި ކޭޝް ކާޑު މައުލޫމާތު ހިއްސާ ކުރެއްވިއްޖެ ނަމަ، އެކައުންޓުގައި ހުރި ފައިސާއިން ވެރިފަރާތައް ނޭނގި ބޮޑެތި އަދަދުތަކުން ކުޑަ ހިނދުކޮޅެއްގެ ތެރޭ ވިޔަފާރި ކޮށްލައެވެ. ގިނަ ފަހަރު ކާޑު ބްލޮކް ކުރެވޭއިރު ފައިސާ އަނބުރާ ނުލިބި އެއްކޮށް ގެއްލެއެވެ.

އެގޮތުން، ފުލުހުން ވަނީ އެއްވެސް ފަރާތަކަށް ކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

The post ޑީއެޗްއެލްއަށް ފައިސާ ދެއްކުމުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރުވަނީ first appeared on Minivan.


More from Minivan