ނިޒާމީ ވޯޓެއް ނަގަން މަދުވެގެން 30 ދުވަސް ނަގާނެ، 40 މިލިއަން ހަރަދުވާނެ: އީސީ

Tue, 19 Sep 2023 03:04 PM

View on this article on Minivan

ނިޒާމީ ވޯޓެއް ނަގަން މަދުވެގެން 30 ދުވަސް ނަގާނެ، 40 މިލިއަން ހަރަދުވާނެ: އީސީ

ދައުލަތް ހިންގުމުގެ ނިޒާމުގެ ބަދަލު ކުރުމާއި ގުޅޭ ވޯޓެއް ނަގަންޏާ މަދުވެގެން 30 ދުވަހާއި 45 ދުވަހާދެމެދުގެ މުއްދަތެއް ބޭނުންވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައީބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ނިޒާމު ބަދަލު ކުރުމާއި ގުޅޭ ބަހުސް މަޖިލީހުގައި މިވަގުތު ކުރިއަށްދާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިންވެސް މިކަން ކުރުމަށް ވަގުތު ބޭނުންވާނެ ކަމަށް ބުނެފައެވެ.

އިސްމާއީލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ ވޯޓެއް ނަގަންޏާ އިންތިހާބުތަކާއި ބެހޭ އާންމު ޤާނޫނަށް ރިޢާޔަތް ކުރާއިރު މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އިންތިހާބެއް ބޭއްވުމަށް ބޭނުންވާނެ ކަމަށެވެ. އަދި މިފަދަ ވޯޓެއް ނެގުމަށް، ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

"މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން. ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް. " ހަބީބް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން އާންމު ވޯޓެއް ނެގުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ ރައީސް ނަޝިދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިން ދަނީ ނިޒާމާއި ބެހޭ ވޯޓެއް އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނެގުމަށް ވަކާލާތު ކުރަމުންނެވެ.

 

The post ނިޒާމީ ވޯޓެއް ނަގަން މަދުވެގެން 30 ދުވަސް ނަގާނެ، 40 މިލިއަން ހަރަދުވާނެ: އީސީ first appeared on Minivan.


More from Minivan