ޖަލު ހިންގުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

Thu, 08 Jun 2023 03:57 PM

View on this article on Minivan

ޖަލު ހިންގުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި



ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޖަލު ހިންގުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އާ ގުޅިގެން ރާއްޖޭގެ ޕްރިޒަން އޮފިސަރުންނަށް ދީފިއެވެ.

މިދިޔަ ހޯމައިން ފެށިގެން އަންގާރަ ދުވަހާ ހަމައަށް މާފުށީ ޖަލުގައި ކުރިޔަށް ގެންދިޔަ "ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕް" ގައި އެކި ޖަލުތަކުން ޖުމްލަކޮށް މިޑްލް-މެނޭޖްމަންޓް ލެވެލްގެ 20 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕްގެ މައިގަނޑު އަމާޒަކީ ބައިވެރިންނަށް ޖަލު ހިންގުމުގެ ޕްރެކްޓިސްތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކުގެ އިލްމް އުނގަންނައި ދިނުމެވެ. މީގެ ތެރޭގައި މަންޑޭލާ ރޫލްސް، ބެންގްކޮކް އަދި ހަވާނާ ކޮންވެންޝަން ކިޔައި ދިނުން ހިމެނެއެވެ.

އެ ވޯކްޝޮޕްގެ ތެރޭގައި ބައިވެރިންނަށް ހާލަތްތަކުގައި ނިންމުންތައް ނިންމުމަށް ބޭނުންވާ ފަދަ މެނޭޖްމަންޓް އޮޕްޝަންތައް ކިޔައިދީ، ގައިދީންގެ އުޅުން ދޭހަވާނެ ގޮތްގޮތަށް ވިސްނުންތައް ބެހެއްޓުމާއި އެ ފަރާތްތަކުގެ އުޅުމާމެދު ފިޔަވަޅު އަޅާނެ ގޮތްތައް ކިޔައިދީފައިވެއެވެ.

މި ޕްރޮގަރާމްގައި އޮފިސަރުންނަށް ނަގައިދެވުނު މޮޑިއުލްތަކުގެ ތެރޭގައި ދި އައިސީއާރްސީ އެޕްރޯޗް ޓު ޑިޓެންޝަން، އިންޓަނޭޝަނަލް ސްޓޭންޑަޑްސް އެންޑް ނޯމްސް، އޯވަކްރައުޑިން، އޮރިއެންޓޭޝަން (ރޫލްސް އެންޑް ރެގިއުލޭޝަންސް) ފަދަ މޮޑިއުލްތައް ހިމެނެއެވެ.

"ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕް" އިއްޔެ ނިންމާލުމަށްފަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ ބައިވެރިންނަށް ސެޓްފިކެޓް ވެސް ހަވާލުކޮށްފައެވެ.

 


More from Minivan