އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރަނީ

Mon, 05 Jun 2023 09:40 AM

View on this article on Minivan

އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރަނީ

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ކޮންމެ މަހަކު ދޭ އިނާޔަތް ބޮޑުކުރުމަށް ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް އެވެ.



"ދެން އޮތީ ދުވަސްވީ މީހުންނަށް، އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް ދޭ އެލަވަންސަށް ގެންނަންޖެހޭ ބަދަލު. އެ ވެސް އަޅުގަނޑުމެން މިހާރު މި ގެންދަނީ މުތާލިއާކުރަމުން. އެއަށް ގެންނަންޖެހޭ ބަދަލުތަކާ އެކީގައި އެއަށް ވެސް ކުރިއަށް އޮތްތަނުގައި އެ ބަދަލުތައް އަންނާނެ. މިހުރީ ކުރިއަށް އޮތް މެނިފެސްޓޯއަށް އަޅުގަނޑުމެން ގެންނާނެ ކުދިކުދި ކަންތައްތަކުގެ ވާހަކަ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތަށް ގެންނަ ބަދަލުތައް ވެސް ވަރަށް އަވަަހަށް އިއުލާންކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ ކުރިން ސަރުކާރުން ބުނެފައި އޮތީ މި މަސް ތެރޭ އެ ބަދަލު ހާމަކުރާނެ ކަމަށެވެ.

އުމުރުން 65 އަހަރުގެ މީހުންނަށް މިހާރު ދެނީ މަހަކު 5،000 ރުފިޔާ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުން މިހާރު 2،000 ރުފިޔާ އެވެ. އިނާޔަތް ބޮޑު ކުރައްވާނެ އިރެއް އަދި ކުރައްވާނެ އަދަދެއް ވެސް ރައީސް ހާމަކުރައްވާފައެއް ނުވެއެވެ.


More from Minivan