އަބާއްޖަވެރިއަކީ ރަހުމް ނުކުރާ މީހާ: ޙުތުބާ

Fri, 26 May 2023 02:42 PM

View on this article on Minivan

އަބާއްޖަވެރިއަކީ ރަހުމް ނުކުރާ މީހާ: ޙުތުބާ

އަބާއްޖަވެރިއަކީ އޭނާގެ ހިތުން ރަހުމުވެރިކަން ނިގުޅައިގަނެވިފައިވާ މީހާ ކަމުގައި މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.

ޙުތުބާގައި ބުނެފަިވަނީ، މީސްތަކުންނަށް ރަހުމްނުކުރާ މީހާއަށް މަތްﷲ ރަހުމް ނުކުރައްވާނެ ކަމުގައި ރަސޫލާގެ ހަދީސް ބަސްފުޅެއްގައިވެސް ވާކަމަށެވެ.

އެހެން ކަމުން މިއަދު ގެ ހުތުބާގައި ބުނީ، ތިމާ އަކީ އެހެން މީހުންނަށް ރަހުމް ކުރާ މީހަކަށް ވާންވާނެ ކަމަށާއި، އޭރުން ﷲގެ ރަހުމަތް އެމީހަކަށް ލައްވާނެ ކަމުގައެވެ.

އެގޮތުން އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފްސަށް ރަހުމްކުރާށެވެ. އުރެދުން ތަކަށް އަރައިގަތުމުން ދުރުހެލި ވުމާއި، އެހެން މީހުންގެ އަބުރާއި އިއްޒަތަށް އަރަގަތުމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ތިމާގެ ނަފްސު ﷲ އަށް ކިޔަމަން ގަތުމަށް އަދާކުރުމާއި، ހެޔޮ މަގުގައި ދަތުރު ކުރުމުގެ އިތުރުން، ބާއްޖަވެރިކަމުގެ މަގު އިހްތިޔާރު ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

އޭރުން ﷲ ގެ އަޒާބުން ތިމާގެ ނަފްސު ރައްކާ ކުރެވޭނެ ކަމަށާއި، ގިޔާމަތް ދުވަހުން ހިތާމަ ކުރަން ޖެހޭނެ މީހަކަށް ނުވާނެ ކަމަށް ވެސް ހުތުބާގައިވަނީ ބުނެފައެވެ.

މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ހަމަ ކަށަވަރުން ﷲ ގެ ރަހުމަތް ފުޅުވަނީ އިހްސާންތެރިންނާއި ގާތުގައެވެ."

މީގެ އިތުރުން ޚުތުބާގައި ވަނީ، ތިމާގެ އާއިލާ އާއި ގާތްތިމާގެ މީހުންނަށް ރަހުމުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، އޭރުން ދިރިއުޅޭ ގެއަކީ، ބާއްޖަވެރި އަދި އުފާވެރި ގެއަކަށް ބަދަލުވާނެ ކަން ހަނދާންކޮށްދީފައެވެ.

The post އަބާއްޖަވެރިއަކީ ރަހުމް ނުކުރާ މީހާ: ޙުތުބާ first appeared on Minivan.


More from Minivan