ގާނޫނާ ހިލާފަށް ދާ ޖަހައިގެން މަސްވެރިކަން ކުރަމުންދަނިކޮށް އެމް.އެން.ޑީ.އެފް އިން ހިފެހެއްޓި ސްރީލަންކާގެ މަސްބޯޓު ފުލުުންނާއި ހަވާލު ކޮށްފިއެވެ.
އެމް.އެން.ޑީ.އެފް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް މި މަހުގެ 24 ވަނަ ދުވަހު އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީއިން އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓު "ސަތަސަރާނި 06″ އިއްޔެ ހެނދުނު 06:00 ހާއިރު މާލެ ގެނެސް، ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް މެއި 24 ވަނަ ދުވަހު އެމްްެއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީއިން އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓު "ސަތަސަރާނި 06" މިއަދު ހެނދުނު 06:00 ހާއިރު މާލެ ގެނެސް، ފުލުހުންނާ ހަވާލުކޮށްފި. pic.twitter.com/Jq8DT53GwO
— Maldives National Defence Force (@MNDF_Official) May 25, 2023
ކޯސްޓްގާޑް ގެ ބެލުމުގެ ދަށަށް "ސަތަސަރާނި 06″ ބޯޓު ގެނެވުނު އިރު ބޯޓުގައި ހަ މީހުން ތިއްބިކަމަށާއި، މީގެ އިތުރުން ގާތްގަނޑަކަށް 500 ކިލޯގެ މަަސް ބޯޓުގައި ހުރިކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރުމަކީ ގާނޫނީ ކުށެކެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ބޭރުގެ މަސް ދޯނިފަހަރާއި ބޯޓުތައް އަތުލައިގެންފައި ވާއިރު، އެ ބޯޓު ފަހަރު ދޫކޮށްލަނީ ފިޝަރީޒް މިނިސްޓްރީން ޖޫރިމަނާކުރުމަށް ފަހު އެ ފައިސާ ދެއްކުމުންނެވެ.
The post ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އަތުލައިގަތް ސްރީލަންކާގެ މަސްބޯޓު ފުލުުންނާއި ހަވާލު ކޮށްފި first appeared on Minivan.