ޒިހާންގެ މަގާމު ދަށްކުރުމަށްފަހު ސިފައިންގެ ވަޒީފާއިން ވަކިކޮށްފި

Fri, 15 Sep 2023 02:16 PM

View on this article on Mikal News

ޒިހާންގެ މަގާމު ދަށްކުރުމަށްފަހު ސިފައިންގެ ވަޒީފާއިން ވަކިކޮށްފި

 ޔުނައިޓެޑް ސްޓޭޓްސްގެ ނޭވަލް އެކެޑެމީއިން ނޭވަލް އާކިޓެކްޗަރ އަދި މެރިން އިންޖިނިއަރިންގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ ފުވައްމުލަކަށް ނިސްބަތްވާ ހަސަން ޒިހާން ސިފައިންގެ މަގާމުން ވަކިކޮށްފިއެވެ. ގައުމީ ދިފާއީ ބާރުގެ ފަސްޓް ލެފްޓިނެންޓެއްގެ މަގާމުގައި ހުރި ހަސަން ޒިހާން ވަޒީފާއިން ވަކިކޮށްފައިވަނީ ފަސްޓް ލެފްޓިނެންޓެއްގ ވަޒީފާއިން ލެފްޓިނެންޓެއްގެ މަގާމަށް ދަށްކުރުމަށްފަހުގައެވެ.

ސިފައިންގެ ވަޒީފާއިން ޒިހާން ވަކިކޮށްފައިވަނީ މިހާރުގެ ސަރުކާރަށް ތާއީދު ނުކުރާތީކަމަށް މައުލޫމާތު ލިބެއެވެ. އަދި ޒިހާން މަގާމުން ދުރުކުރުމުގެ ކުރިން  ރައީސް އިބްރާހީމް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި, ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޒިހާންގެ ބޭބެ ޝަރަފު ދޫކޮށްލަން ގޮވާލާ “ފްރީ މައި ބްރޯ” މިހެން ފޭސްބުކްގައި ލިޔެފައިވެއެވެ. މިލިޓަރީ ކޯޓުން ޒިހާންގެ މައްސަލަ ބެލިއިރު މިކަންތައްވެސް ބެލިކަމަށް މިކަލް ނޫހަށް މައުލޫމާތުލިބެއެވެ.

ޒިހާން އަކީ ޔުނައިޓެޑް ސްޓޭޓްސްގެ ނޭވަލް އެކެޑެމީއިން ނޭވަލް އާކިޓެކްޗަރ އަދި މެރިން އިންޖިނިއަރިންގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ ފަރާތެކެވެ. އަދި ސިފައިންގެ ތާރީހުގައިވެސް އެ ސިފައިންގޭގައި ހުރި ހަމައެކަނި ނޭވަލް އާކިޓެކްޓެ ކަމަށް ވެސް މިކަލް ނޫހަށް މައުލޫމާތުލިބެއެވެ.

The post ޒިހާންގެ މަގާމު ދަށްކުރުމަށްފަހު ސިފައިންގެ ވަޒީފާއިން ވަކިކޮށްފި appeared first on Mikal News.


More from Mikal News