އެކްސިޑެންޓްވެ ހާލުދެރަވެގެން މާލެ ގެނައި ޒުވާނާ ނިޔާވެއްޖެ

Tue, 12 Sep 2023 03:13 PM

View on this article on Mikal News

އެކްސިޑެންޓްވެ ހާލުދެރަވެގެން މާލެ ގެނައި ޒުވާނާ ނިޔާވެއްޖެ

ފުވައްމުލަކު ސިޓީގައި މިދިޔަ ހޮނިިހިރު ދުވަހު ހިގި އެކްސިޑެންޓްގައި އަނިޔާވެ ހާލުދެރަވެގެން މާލެގެނައި ޒުވާނާ ނިޔާވެއްޖެއެވެ. ފުވައްމުލަކު ނައިބު ތުއްތު މަގުން  ބާރު ސްޕީޑުގައި ސައިކަލުގައި ދުއްވާފައި ދަނިކޮށް ސްޕީޑް ބްރޭކަރުގައި ޖެހުމުގެ މިހާދިސާ ހިގާފައިވަނީ މިދިޔަ ހޮނިހިރު ދުވަސް ސެޕްޓެންބަރު 9 ވަނަ ދުވަހުރޭ 11 ޖަހަނިކޮށްކަމަށް މިކަލް ނޫހަށް މައުލޫމާތުލިބެއެވެ.

މި ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން އެ ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ދިނުމަށް މި މަހުގެ 10 ވަނަ ދުަހު މާލެ ގެނެސް އޭޑިކޭގައި ފަރުވާދެމުން ދަނިކޮށް މިއަދު އޭނާ ނިޔާވެފައިވާ ކަަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ނިޔާވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

The post އެކްސިޑެންޓްވެ ހާލުދެރަވެގެން މާލެ ގެނައި ޒުވާނާ ނިޔާވެއްޖެ appeared first on Mikal News.


More from Mikal News