ސިޓީ ފެންވަރުގައި ފުވައްމުލައް ސިޓީގައި ބޮޑު އީދު ފާހަގަ ކުރަނީ

Tue, 06 Jun 2023 04:50 PM

View on this article on Mikal News

ސިޓީ ފެންވަރުގައި ފުވައްމުލައް ސިޓީގައި ބޮޑު އީދު ފާހަގަ ކުރަނީ

މި އަހަރުގެ އަޟުހާ އީދު ނުވަތަ ބޮޑު އީދު ސިޓީ ފެންވަރުގައި ފާހަގަ ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

“ފުވައްމުލައް އީދި އުފާ 1444” ނަމުގައި ކުރިޔަށް ގެންދާ އީދު ފާހަގަ ކުރުމުގެ ހަރަކާތުގައި ތަފާތު ގިނަ ކުޅިވަރުތަކާއި އީދު ނަމާދާއި އީދު ސައި ވެސް ހިމަނާފައި ވެއެވެ. މިހަރަކާތްތައް ތާވަލުކޮށްފައި ވަނީ 27 ޖޫން 2023 އިން 1 ޖުލައި 203 އަށެވެ.

ހޯދަޑު އީދު ފާހަގަ ކުރުން 2022

“ފުވައްމުލައް އީދި އުފާ 1444” ގެ ހަރަކާތްތައް

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން – ކްރިކެޓް ސްޓޭޑިއަމް

އީދު ސައި – ކްރިކެޓް ސްޓޭޑިއަމް

ކުޑަކުދިންނަށް އީދު ހަދިޔާ ދިނުން – ކްރިކެޓް ސްޓޭޑިއަމް

ބްލައިންޑް ވޮލީ

ވާ ދެމުން

ސުވާ ކުޅުން

ޓްރިއަލް ރޭސް

ކުޑަކުދިންގެ ކުޅިވަރުތަކުގެ ތެރޭގައި

ތިންފައި ރޭސް

ގޯނި ރޭސް

ލުނބޯ ރޭސް

މިއުޒިކަލް ޗެއާ

އީދު ފެންކުޅި

މި އަހަރުގެ އަޟުހާ އީދު ދުވަސް ދިމާވަނީ ސްކޫލްތަކުގެ ބޮޑު ޗުއްޓީގެ ދުވަސްވަރާއެވެ. އަޟުހާ އީދު ފެށެނީ މި ޖޫން މަހު 28 ވަނަ ދުވަހުއެވެ. މި ފަހަރުގެ ބޮޑުއީދު ފާހަގަ ކުރަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެންނެވެ.

ދަޑިމަގު އީދު ކުޅިވަރު 1444

ބޮޑު އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުވައްމުލައް ސިޓީގެ އަވަށްތަކަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮންމެ އަވަށަކުން ވެސް 20 މީހުންގެ ޓީމެއް ބައިވެރިކުރަން ޖެހެއެވެ. އީދު ކުޅިވަރުގައި އަވަށްތަކުގެ ޓީމުތައް ބައިވެރިވުމަށް ކަނޑައަޅަފައިވާ މުއްދަތަކީ މި ޖޫން މަހު 11 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

އިދު ކުލިވަރުގައި ބައިވެރިވާ އަވަށްތަކުގެ ޓީމުތަކަށް ޖާޒީ ދިނުމާއި މޮޅުވާ ޓީމުތަކަށް އިނާމު ދިނުން ވެސް އޮވެއެވެ.

 

 

The post ސިޓީ ފެންވަރުގައި ފުވައްމުލައް ސިޓީގައި ބޮޑު އީދު ފާހަގަ ކުރަނީ appeared first on Mikal News.



More from Mikal News