ޏ.އޭއީސީގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތް ފޯރިއާއެކު ކުރިޔަށް ދަނީ

Sun, 12 Mar 2023 06:28 PM

View on this article on Mikal News

ޏ.އޭއީސީގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތް ފޯރިއާއެކު ކުރިޔަށް ދަނީ

ޏ. އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ)ގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތް ފަށައިގެން ފޯރިއާއެކު ކުރިޔަށް އެބަދެއެވެ. މުބާރާތުގެ މެޗުތައް ކުޅެމުން އަންނަނީ ޏ.އޭއީސީގެ މަލްޓީޕާޕަސް ހޯލުގައެވެ. މި މުބާރާތުގެ ކުޅުން ފަށާފައި ވަނީ ފާއިތުވި ހުކުރު ދުވަހު އެވެ.

ޏ.އޭއީސީގެ ނެޓްބޯޅަ މުބާރާތް 2023 ފެށުން.

މި މުބާރާތް ވަނީ ދެބަޔަކަށް ބަހާލާފައެވެ. އެއީ ޖޫނިއާ ކެޓަގަރީ އާއި ސިނިއާ ކެޓަގަރީ އެވެ. ކޮންމެ ކެޓަގަރީއަކުން ވެސް 4 ހައުސްގެ ޓީމުތައް ވާދަކުރެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ސީނިއާ ބައިގެ ޝަނިވިރާޒާ ހައުސް (ޔެލޯ ހައުސް) އަމީނު ހައުސް (ބްލޫ ހައުސް)އެވެ. ފޯރިގަދަ ކުޅުމަކަށް ފަހު މިމެޗު ނިމުނީ 17-11 އިން ޝަނިވިރާޒާ ހައުސް މޮޅުވެގެންނެވެ.

ޏ.އޭއީސީގެ ނެޓްބޯޅަ މުބާރާތް 2023

ސީނިއާ ކެޓަގަރީ

2 ވަނަ މެޗު: މުޟައްފަރު ހައުސް 6-12 އިމާދު ހައުސް

3 ވަނަ މެޗު: އަމީނު ހައުސް 10-19 މުޟައްފަރު ހައުސް

ޏ.އޭއީސީގެ ނެޓްބޯޅަ މުބާރާތް 2023

ޖޫނިއާ ކެޓަގަރީ

4 ވަނަ މެޗު: ޝަނިވިރާޒާ ހައުސް 1-7 އަމީނު ހައުސް

5 ވަނަ މެޗު: މުޟައްފަރު ހައުސް 16-1 އިމާދު ހައުސް

The post ޏ.އޭއީސީގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތް ފޯރިއާއެކު ކުރިޔަށް ދަނީ appeared first on Mikal News.


More from Mikal News

...