މާފުށީގެ ހަ ބިމެއް 25 މިލިއަން ރުފިޔާ އަށް ވިއްކައިފި

Tue, 07 May 2024 02:51 PM

View on this article on Mihaaru

މާފުށީގެ ހަ ބިމެއް 25 މިލިއަން ރުފިޔާ އަށް ވިއްކައިފި

ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުށީގައި އަލަށް ހިއްކި ބިމުން ހަ ގޯއްޗެއް 24.6 މިލިއަން ރުފިޔާ އަށް ވިއްކާލައިފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ، ބިން ވިއްކަން ހުޅުވައިލުމުން ކުރިމަތިލީ ވެސް ހަ ފަރާތުން ކަމަށެވެ. އެ ގޯތިތައް ވިއްކާފައި ވަނީ އަކަފޫޓެއް، 2000ރ. އާއި 2012ރ. އާ ދެމެދުގެ އަގުތަކަށެވެ. ގާތްގަނޑަކަށް 2000 އަކަފޫޓުގެ އެ ގޯތިތައް، ވިއްކި ފަރާތްތަކަށް އެކަން އިއްޔެ އަންގާފައިވާ ކަަމަށް ސޮލާހު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި ގޯތި ގަތް އަގު ކައުންސިލަށް ދެއްކުމުން ރަސްމީކޮށް ގޯތި ގަތް ފަރާތްތަކާ ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޮލާހު ވިދާޅުވީ، އެ ގޯތިތައް ގަތް ބައެއް ފަރާތްތަކުގެ ތެރޭގައި ރިސޯޓު އޯނަރުން ވެސް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރެވޭނީ، ރަސްމީކޮށް ގޯތި ހަވާލުކުރުމަށް ފަހު ކަމަށް ވެސް ސޮލާހު ވިދާޅުވި އެވެ.

"ގޯތި ގަންނަން ހުޅުވާލީމާ ކުރިމަތިލީ ހަ ފަރާތަކަށް ގޯތި މިވަނީ ވިއްކާފައި. ކުރިއަށް އޮތްތަނުގައި ހިއްކި އާ ބިމުން ޓޫރިޒަމް ލޭންޑްގެ ގޮތުގައި ތަރައްގީ ކުރާ ސަރަހައްދުން 8،000 އަކަފޫޓުގެ ތިން ގޯތި ކުއްޔަށް ދޫކުރަން ހުޅުވައިލާނަން،" އޭނާ ވިދާޅުވި އެވެ.

އެރަށުގެ ހިއްކި ބިމުން ޓޫރިޒަމުގެ ބޭނުމަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފުށިން ރެކޯޑު އަގަކަށް ވިއްކި ކޮންމެ ގޯއްޗެއްގެ އަގު 4 މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.

އެ ރަށު ކައުންސިލުން މިދިޔަ މާޗް މަހު ކުރި އިއުލާނުގައިވާ ގޮތުން ވިއްކަން ހުޅުވައިލި ގޯތީގެ ސައިޒުތައް އުޅެނީ 1،961.42 އާއި 1،961.48 އަކަފޫޓާ ދެމެދުގަ އެވެ.

މާފުށީގައި 25 ހެކްޓަރުގެ ބިމެއް ހިއްކާ ނިންމާލީ 2021 ވަނަ އަހަރު އެވެ. އެ ބިން ހިއްކީ ދައުލަތުން 118 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އެ ހިއްކި ބިމުގެ 45 ޕަސެންޓު ބޭނުން ކުރަން ނިންމާފައިވަނީ އެ ރަށުގެ މީހުންނަށް ގޯތި ދިނުމަށެވެ.





More from Mihaaru